ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު 20 ވަނަ ފަހަރަށް އިތުރުކޮށްފި

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު 20 ވަނަ ފަހަރަށް އިތުރުކޮށްފި

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ޤާއިމުކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރު އެއްމަހަށް ދަމަހައްޓައިފިއެވެ.

މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުއްދަތު އިތުރުކުރި 20 ވަނަ ފަހަރެވެ. ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވައި ނެރެފައިވާ ޤަރާރުގައި ވަނީ ކޯވިޑާ ގުޅިގެން ރާއްޖޭގައި އޮތް ޙާލަތު ރަނގަޅުކުރުމަށް އަޅަންޖެހ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ޢިއުލާންކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ވަނީ ދަމަހައްޓާފައެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާއްމު ސިއްޙާތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރެވޭނީ އެންމެ ދިގުވެގެން މަހެއްގެ މުއްދަތަކަށެވެ. މިގޮތުން މިއީ މިޙާލަތުގައި މި މުއްދަތު އިތުރުކުރި 20 ވަނަ ފަހަރެވެ.

މިޙާލަތުގައި ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދެއެވެ. އެގޮތުން ކޯވިޑްއިން ރައްކާތެރިވުމަށް ރަށްރަށުގައި އާއި މާލޭގައި އުސޫލުތައް ކަނޑައަޅާ ތަންފީޒީ އިދާރާތަކަށް އެނގުމަށް ޑީޖީގެ މައްޗަށް ލާޒިމުކުރެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އަދަދުތައް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޙާލަތު ރަނގަޅުވުމާއެކު ސަރުކާރުން ވަނީ ދަތުރުފަތުރުކުރުމާއި އާއްމު ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ދެއްވާފައެވެ. އެގޮތުން ސްކޫލްތަކާއި އޮފީސްތައް އާއްމުންނަށް ހުޅުވައިގެން ޚިދުމަތްދިނުމާއި، ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ގަޑިތައް އިތުރުކުރުމާއި، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަދިނުންފަދަ ކަންކަން ހިމެނެއެވެ. މި ލުއިތަކާއެކުވެސް ބަލި ފެތުރުމުގެ ފުރުޞަތު އަދިވެސް މާލެއާއި އަތޮޅުތަކުގައި އޮތުމާއެކު، ބަލިން ރައްކާތެރިވެ ތިބުމަށް ރަނގަޅުގޮތުގައި މާސްކް އެޅުމަށާއި، އާއްމު ތަންތާނގައި ނިކުމެއުޅޭއިރު 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއްވައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކުލިނުރައްކަލުގަަ ބާއްވާފަަ މުޅިދައުރުު ނިންމާލީމަަ ވަރަށްް ހިންގުންތެރިކަމަށްް ލަފާކުރެވެނީީ އަނެއްކާާ ކުއްލިނުރައްކަލުގަަ ބާއްވާފަަ ނުފިލާތިި

Leave a Reply

Your email address will not be published. Required fields are marked *