އެމްއެންޕީން ދޮރުން ދޮރަށް، އަމާޒަކީ ރައްޔިތުންގެ އަޑު ކައިރިން އެހުން

އެމްއެންޕީން ދޮރުން ދޮރަށް، އަމާޒަކީ ރައްޔިތުންގެ އަޑު ކައިރިން އެހުން

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2021 06:36
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އެޕާޓީގެ ފުރަތަމަ ޑޯޓުޑޯ އިވެންޓް މިއަދު ބާއްވައިފިއެވެ.

މިއަދު ހަވީރު މާލޭގައި އެޕާޓީން ބޭއްވި މި ހަރަކާތުގައި ޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މާލޭގެ ބައެއް ގޭގެއަށްވަދެ، ރައްޔިތުންގެ ހާލު އަހުވާލު ބަލައި، މިކުރި ޒިޔާރަތުގައި ބައެއް މީހުންވަނީ އެމްއެންޕީއަށް ސޮއިވެސް ކޮށްފައެވެ.

އެމްއެންޕީގެ މި ހަރަކާތަކީ އެޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެމްއެންޕީން ބުނެފައިވަނީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައެވެ. އެމްއެންޕީއަކީ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވާ އެންމެ ހަނގު ސިޔާސީ ޕާޓީއަށް ވިޔަސް އެޕާޓީގައި ސިޔާސީ ގޮތުން ތަޖުރިބާ ހުރި ގިނަ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހު 5،000 ވުރެ ގިނަ މެންބަރުންގެ ފޯމާ އެކުއެވެ.

އެމްއެންޕީން ބުނެފައިވާ ގޮތުން އެޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މެމްބަރުންގެ އަދަދު 10،000 އަށް އިތުރުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.