އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އޭރިއަލް ފޮޓޯ

އައްޑޫ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫސިޓީ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ރޭ ދަންވަރު 2:13 ހާއިރު ނިޔާވެފައިވަނީ ޢުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއާއެކު ރާއްކެއިން މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 243 އަށް އަރާފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހުވެސް ނިޔާވެފައިވަނީ އައްޑޫ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، ފަހަކަށް އައިސް މާލެއަށްވުރެ އަތޮޅުތަކުން ފެންނަ ކޭސްތައް ގިނަކަން ފާހަގަކޮށްލަންޖެހެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 173 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 27 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 137 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *