ރައްޔިތުންގެ ފައިސާއިން ނަޝީދަށް ދުވާލަކަށް 6،000 ޑޮލަރު ހޭދަކުރާ ކަމުގެ ތުހުމަތު

ރައްޔިތުންގެ ފައިސާއިން ނަޝީދަށް ދުވާލަކަށް 6،000 ޑޮލަރު ހޭދަކުރާ ކަމުގެ ތުހުމަތު

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2021 08:35
0

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހޮޓެލް ޖެން އަށް ދުވާލަކަށް 6000 (ހަހާސް) ޑޮލަރު (-/92،520) ރުފިޔާ ދައްކަވައިގެން ނުހުރެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވަނީ މިސަރުކާރުން ދަނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ހިތުހުރިގޮތަކަށް ބޭނުން ކުރަމުން ކަމަށާއި ރައްޔިތުންގެ ފައިސާ އަށް ހަރާމްކޯރު ވަމުންދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަޅުގަނޑުމެން ރައްޔިތުން ނުބުނަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަންވާނީ ދުވާލަކަށް ރައްޔިތުންގެ ފައިސާއިން 6000 (ހަހާސް) ޑޮލަރު (-/92،520 ރފ.) ދޭ ހޮޓަލެއްގައޭ ބަހައްޓާފަ. ކޮންމެ ރައްޔިތަކަށްވެސް، އަދި ކޮންމެ ލީޑަރަކަށްވެސް އަދި އިދިކޮޅުފަރާތެއް ކަމުގައި ވީ ނަމަވެސް، އަދި  ސަރުކާރުގެފަރާތެއް ކަމުގައި ވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ވީނަމަވެސް އަދި ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ވީނަމަވެސް، ދައުލަތުން އެމީހަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ އެއީ ޤާނޫނު އަސާސީގަ ލާޒިމުކުރާ ކަމެށް. ޤާނޫނުގަ ލާޒިމުކުރާ ކަމެށް. އޭގެ މާނައެއް ނޫން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެކޭ.

– ޝުޖާޢު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ޒިންމާއަކީ މަޖިލީހުގެ ރައީސް އަދި އިދިކޮޅު ލީޑަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށާއި، އެހެންނަމަވެސް  އޭގެ މާނައަކީ އަމާންކަމާއި ރައްކާތެރިކަން ނެތްކަމަށް ބުނެ ރައްޔިތުންގެ ފައިސާއިން މަޖިލީހުގެ ރައީސް ހޮޓަލެއްގައި ބެހެއްޓެވުން ނޫންކަމަށާއި އަދި މިކަން ބަލައިނުގަނެވޭނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި ހުޅުމާލެ ފޭސް 2 ހިއްކީ ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އަތްފޯރާފަށުގައި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކަމަށާއި ރައީސް ޔާމީނު ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ހުޅުމާލެ ފޭސް 2 ހިއްކާ ،ތޮށި ލާ، މަގު ހަދާ، ލައިޓު ދިއްލާ، ފެނާއި ކަރަންޓާއި އަދި ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދީފައި ކަމަށެވެ.

ކުރުމުއްދަތެއްގެ ތެރޭގައި އެއޮށް ބޮޑު ޝަހަރު ހިއްކާ ،ތޮށި ލާ، މަގު ހަދާ، ލައިޓު ދިއްލާ، ފެނާއި ކަރަންޓުގެ ހިދުމަށް ފޯރުކޮށްދީ ހުރިހާ ކަމެށް ކޮށްދިނި ވަރަށް މާތް މަޤްސަދެއްގައި. ހުޅުމާލޭގެ ހިޔާ މަޝްރޫޢުގެ ދަށުން 7000 (ހަތްހާސް) އަށް ވުރެ ގިނަ ފުލެޓް އިމާރާތްކޮށް އެކު ޖުމުލަ 14،000(ސާދަ ހާސް) ވަރަކަށް އެބައުޅޭ ފުލެޓް އެޕާޓްމަންޓްތަށް ހުޅުމާލޭގަ ރައީސް ޔާމީނުގެ ޒަޢާމަތުގެ ބިނާކޮށްދެއްވި. އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ގާފުކެއްގެ މިންވަރު ހުޅުމާލޭގައި ނެތް.

– ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާވަނީ ރޭގެ ޖަލްސާގައި އުތުރު ތިލަފަޅު އެއްބަސްވުން ހާމަކޮށް، އިންޑިއާއާއިއެކު ހަދާފައިވާ ގޮތް ނެގޭ އެއްބަސްވުންތައް އުވާލަން ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަގޭގައުމު
އަންނިއަކީީ މިރާއްޖޭގެެ ރައްޔިތުންނަށްް އެއްވެސްފައިދާާ ކުރާނެކަމަކަށްް ވިސްނުންހުރިމީހެއްނޫންް އޭނައަބަދުވެސްް ވިސްނާނީީ އޭނަޔަށްް ރާއްޖެވިއްކާލައިގެންވެސްް ނުވަތަަ އެނޫންގޮތަކަށްވިޔަސްް އަންނިިއަށް އެންމެބޮޑުލާބަޔެއްް މަންފާއެއްް ލިބޭނެގޮތަކަށްް