އިންޑިއާ އާއި ދެކޮޅު ނުވުމަށް ތަކުރާރުކޮށް އަޅުގަނޑު އެދެމުން މިދަނީ: ނަޝީދު

އިންޑިއާ އާއި ދެކޮޅު ނުވުމަށް ތަކުރާރުކޮށް އަޅުގަނޑު އެދެމުން މިދަނީ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2021 03:31
0

އިދިކޮޅު ކޯލިޝަނުން އިންޑިއާއާއި ދެކޮޅަށް ހިންގާ ކެމްޕެއިންތައް ހުއްޓާލައި، އިންޑިއާއާއި ދެކޮޅު ކެމްޕެއިންތައް ނުހިންގުމަށް ތަކުރާރުކޮށް އެދެމުންދާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ގެ "ދަ ހިންދޫ" ނޫހަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ޤައުމަކާއި ޒާތީވެ، ދެކޮޅަށް ކެމްޕެއިން ހަރަކާތް ހިންގުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަކީ ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އެއްބަސްވެވޭ ސިޔާސަތުތަކަށް ވާން އެބަ ޖެހޭ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ޚާރިޖީ ގުޅުން އޮތް ގައުމަކާ ދެކޮޅަށް ޒާތީ ޚިޔާލުތަކެއް ޕްރޮމޯޓް ކުރެވިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާ މި ވާހަކަ ދެއްކުން އަޅުގަނޑު ހުއްޓައެއް ނުލާނަން، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަރިހު އަޅުގަނޑު ތަކުރާރުކޮށް އެދޭނަން

– ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަ ކުރައްވާފައެވެ. އަދި ދެޤައުމަކީ ޒަމާނުއްސުރެއް ގާތް ގުޅުމެއް އޮތް އެކުވެރި ދެ ޤައުމުކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިވެރިކަން އައިފަހުން ގުޅުން އިތުރަށް ބަދަހިވެ ގިނަ ކަންކަމުގައި ފަސޭހަ ތަކެއް ލިބިގެން ގޮސްފައިވާކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ގެންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާއި ރާއްޖެއާއި ހަދާފައިވާ އަޑިނޭގޭ އެއްބަސްވުންތައް ބާތިލް ކުރުމަށް ގޮވާލާފައެވެ. މިދިޔަ ހަފްތާ ބަންދުގައިވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި އިންޑިއާ ސިފައިން ބޭލުމަށް ބޮޑު ހިނގާލުމެއް ބާއްވާފައެވެ. އެކޯލިޝަނުން ބުނެފައިވަނީ އެކޯލިޝަނާއި އިންޑިއާއާއި މައްސަލައެއް ނެތްކަމަށެވެ. މައްސަލައަކީ ސަރުކާރުން އަޑި ނޭގޭގޮތަށް އިންޑިއާއާއިއެކު ކަންތައްތަކެއް ކުރުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
ޜ ޔާމީނުއާމެދުވެސް ނާއިންސާފުންއަނިޔާވެރިނުވުމައް ތަކުރާރުކޮން ކިތައްފަހަރުތަ މިއެދެނީ ނަސީދުއައްވެސްއިބޫއައްވެސް ދެންތިބިއެއްމެނައްވެސްއެގޭނެއަތުލައްމިއުލެނީހައްގުފައިސާއެތްނޫކަން އަދިޖަލުގަޔާއެތައްމިތާގަނަތަޅުވަނީހައްގުންނޫންކަން މިހާަރުންމިހާރަށްއެކަންތައްހުންޓާލައްމިގޮވާލަނީ ހިތައްއަރާކީވެބާއޭ އަޑުނީވެނީ އިހުސާދްވެސްނުވަނީ ތިމާފަދައިންސާނެކޭއެއީ ޖަނަވާރަކަށްވެސްނުނހިތާހިތުން ތިހިތަނީ
ބ ބުލްބުލް
ކަލޭ އޮވެބަލަ އިންޑިޔާ ދަށުވެ ، ޖީ.އެމްއާރު ލާރިގަނޑު ބަނޑުއަޅައިގެން. ޙަމަ އިންޑިޔާ މިލިޓަރީ އައުޓް ގޮވާނަން. ތިބޭފުޅާ ، އަސްލަމް ، އަފީފު ، ކެރަފާ ، އިންޑިޔާ މިއީ މި ޤައުމަށް މިހާރު ދިމާވެފަ އޮތް އެންމެ ބޮޑު ނުހޮރުއްޕާނަކީ.
އ އަހުމަދު
ކާކުތޯ އިންޑިޔާ އާ ދެކޮޅީ،، މިއުޅެނީ ބައެއްގެ އަޅުވެތިކަމަށް ދާންބޭނުން ނުވާތީ،، މިއުޅެނީ ދިވެހިންގެބިންތަކަށް ބޭރުގެ އަތް ގަދަ ކުރަން ފުރުސަތު ނުދިނުމަށް.