ހުޅުމާލެ 1000 ފުލެޓުގައި ސޯލާޕެނަލް ހަރުކުރުމަށް އިންސްޕެކްޝަނެއް އެޗްޑީސީން ފަށައިފިއެވެ.
ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ ހުޅުމާލެ 1000 ފުލެޓުގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ބައެއް ފުލެޓުތަކުގެ ފުރާޅުގެ އިންސްޕެކްޝަނެއް ހެދުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.
މި އިންސްޕެކްޝަން ކުރިއަށްގެންދާނީ ކްރޭނެއް ބޭނުންކޮށްގެން ކަމަށާއި، އަދި އެއްވެސް ފުލެޓެއްގެ އެތެރެއަށް އިންސްޕެކްޝަން ޓީމުން ނުވަންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހުޅުމާލެ 1000 ފުލެޓުގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ބައެއް ފުލެޓުތަކުގެ ފުރާޅުގެ އިންސްޕެކްޝަނެއް ހެދުމަށް
ވަނީ ހަމަޖެހިފައި. pic.twitter.com/hq370qwDEk— HDC (@hdcmaldives) October 24, 2021
އިންސްޕެކްޝަން ހަދާނީ ބްލޮކް 84، 91، އަދި 121 ގެ ފުރާޅުތަކުގައި 2021 އޮކްޓޯބަރު މަހުގެ 24، 25، އަދި 26 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާއި ދެމެދުގައި ކަމަށާއި، މި މަސައްކަތުގެ ސަބަބުން އެއްވެސް ފަރާތަކަށް ދިމާވެދާނެ ދަތިތަކަކަށް ނިހާޔަތަށް މަޢާފަށް އެދޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.