ރޮނާލްޑޯ އެނބުރި އައިމެޗުން ތަފާތު ދައްކައި ޔުވެންޓަސް މޮޅުވެ ތިންވަނައަށް

ރޮނާލްޑޯ އެނބުރި އައިމެޗުން ތަފާތު ދައްކައި ޔުވެންޓަސް މޮޅުވެ ތިންވަނައަށް

ގުޅުންހުރި

އިޓާލިއަން ސެރިއާގައި ސްޕެޒިއާގެ މައްޗަށް ޔުވެންޓަަސް އިން ކުރި ހޯދީ 1-4 ލަނޑުންނެވެ. މެޗު ތަރިޔަކަށްވީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ މެޗު ނަތީޖާ ހަމަހަމަވެފަވަނިކޮށް ދެވަނަހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ދެލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގައި ޔުވެންޓަސްއިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މެޗުގައި މޮރާޓާ އިތުރު ލަނޑެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ލަނޑު ޖެހުމުގެ ކުރިން މޮރާޓާ އޮފްސައިޑުގައި ހުރިކަމަށްބުނެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ސްޕެޒިއާގެ ޓޮމާސޯ ޕޮގޭބާ ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 59 ވަނަ މިނެޓުގަ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ ޔުވެންޓަސްއަށް ލީޑުނަގާދީ ފައެވެ. މެޗުގެ ސްޕެޒިއާއިން 65 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ ގޯލްޖެހި ކެވިން އަގުޑެލޯ އޮފްސައިޑުގައި ހުރިކަމަށް ބަލާ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.

ޔުވެންޓަސްގެ ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެޑްރިއެން ރާބިއޮޓް އެވެ. މެޗުގައި ޔުވެންޓަސްއިން ޖެހި ފަހު ލަނޑަކީ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ކޯވިޑަށް ޕޮޒެޓިވް ވުމަށްފަހު ބަލިން ރަނގަޅުވެ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ. ރޮނާލްޑޯ ނެތި ކުޅުނު ހަތަރު މެޗުގެ ތެރެއިން ޔުވެންޓަސްއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

ޔުވެންޓަސް އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނައިގައި 12 ޕޮއިންޓާއެކުގައެވެ. ސްޕެޒިއާ އޮތީ 5 ޕޮއިންޓާއެކު 12 ވަނައިގައެވެ.

ރޭގައި ލީގުގެ ސަސުލޯ ވަނީ ނަޕޯލީ މައްޗަށް ކުރިހޯދާ ތާވަލުގެ ދެވަނައަށް ކުރިއަށްޖެހިލާފައެވެ. ރޯމާ ވަނީ ފިއޮރެންޓީނާ ބަލިކޮށް ތާވަލުގެ ހަތްވަނައަށް ކުރިޔަށް ޖެހިލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *