އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ އަބަދުވެސް ދެކޮޅު: ޒައިދު

އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ އަބަދުވެސް ދެކޮޅު: ޒައިދު

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2021 06:19
0

އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާއި އަބަދުވެސް ދެކޮޅުކަމަށް ސަރުކާރު ކޯލިޝަންގަިއ ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީގެ މެމްބަރު ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިފަދަ ޓުވީޓެއް ކުރައްވާފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. ޝައިޚު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބުމަށާއި ބޭލުމަށް ނުގޮވިޔަސް، ރާއްޖޭގައި ބޭރުގެ އެކި ޤައުމުތަކުގެ މިލިޓަރީ ސިފައިން ތިބުމަކީ ތާއީދު ކުރާނެ ކަމެއްނޫންކަމަށެވެ.

އެއްވެސް ސަބަބަކަށްޓަކައި ނަމަވެސް ރާއްޖޭގައި އެހެން ޤައުމެއްގެ މިލިޓަރީ ސިފައިން ތިބުމަކީ މުސްތަގުބަލުގައި އެކަމުން ނުރައްކާތެރި ނަތީޖާތަކެއް ނިކުމެދާނެ ކަމެއްކަމަށާއި، އެކަމަށް ވިސްނަން ޖެހޭކަމަށެވެ. ޒައިދު ވިދާޅުވީ އެފުރުސަތު ފަހުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމު ކަމެއްކަމުގައެވެ.

އެއްވެސް ޤައުމެއް ނެރޭށޭ ނުގޮވިޔަސް، އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ އަޅުގަނޑު އަބަދުވެސް ދެކޮޅު! އެއްވެސް ސަބަބަކަށްޓަކައި ވިޔަސް މިލިޓަރީ ސިފައިން ރާއްޖޭގައި ޤާއިމްވާން ފުރުސަތުދެވިއްޖެނަަމަ އެކަން ވާނީ ކުރިޔަށްއޮތްތާ ބޮޑުނުރައްކަލަކަށް! ބޮޑުނުބަޔަކަށް!

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ފުލުހުންގެ ހުއްދައާއި އެކު "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ކުރިއަށްދިޔަ މިހިނގާލުމުގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ބައިވެރިވެފައިވެއެވެ.

ހިނގާލުން ނިންމާލާފައިވަނީ ޚާއްސަ ދުޢާއަކުންނެވެ. މިދުޢާ އިސްވެ ވިދާޅުވީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލި ސައީދުއެވެ. މިހިނާލުމަކީ އެކޯލުޝަނުން ބުނެފައިވާ ގޮތުން ރާއްޖޭގައި ތިބި އަސްކަރީ ސިފައިން ބޭލުމަށް ގޮވާލައި ފެށި ފުރަތަމަ ހަރަކާތެވެ. ކުރިއަށް އޮތް ތަނުގައި ވަރަށް ވަރުގަދަ ހަރަކާތްތަކެއް އިންޑިއާ ސިފައިން ބޭލުމާއި ދެކޮޅަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ އަދި އެމީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށްވެސް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢަރުމާން ބަޣާވާތްނުކުރެވިގެންމިއުޅެނީ ޢިންޑިއާސިފައިންމިޤައުމަކުންނުބޭލޭނެ ތެޅތެޅިތިބެންޖެހޭނީ