ރައީސް އއ.ގެ ހަތަރު ރަށަކަށް ވަޑައިގަންނަވަނީ

ރައީސް އއ.ގެ ހަތަރު ރަށަކަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2021 03:15
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އއ. އަތޮޅުގެ 4 ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖާމް މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، އއ. އަތޮޅަށް މާދަމާ ފަށްޓަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ވަޑައިގެން، އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތައް ބައްލަވައިލައްވާ، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އަތޮޅު ތެރޭގެ ރަށްތަކުގައި ހިންގާ މަޝްރޫއުތަކާއި އަދި ރަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްވެސް ދަތުރުތައް ކުރައްވަމުންނެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހު ރައީސް ޞާލިހު ވަނީ ތ.ކަނޑޫދޫއަށް ވަޑައިގެންފައެވެ.

މިދިޔަ މަހު އެމަނިކުފާނު ވަނީ ވަނީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.