ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ: ރައީސް

ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ: ރައީސް

Author
އަހުމަދު
23 ޖޫން 2026 08:11
0

ރައްޔިތުންނަށް ޚިދުމަތްދޭ ދައުލަތުގެ މުއައްސަސާތައް އިޞްލާޙުކޮށް ހަރުދަނާކުރުމުގެ މަސައްކަތް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އދ. ގެ ޕަބްލިކް ސާވިސް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ، މުޖުތަމަޢުގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިން ވަރުބަލިކަމެއްނެތި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދައުލަތުގެ އިދާރާތަކަކީ ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތްދޭ ތަންތަނަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ، މުހިންމު ސިޔާސަތެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހު ފާހަގަކުރާ ޕަބްލިކް ސާވިސް ދުވަހުގެ މައިގަނޑު މަޤްޞަދަކީ، ޤައުމީ ތަރައްޤީގައި ޕަބްލިކް ސާވަންޓުންގެ ޙިއްޞާ ބަލައިގަނެ އެމީހުންގެ މަސައްކަތުގެ އަގުވަޒަންކުރުމެވެ. މީގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތްކުރުމަށް ޒުވާނުންނަށް ހިތްވަރުދީ، އާންމު މަންފާއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.