ފަހަކަށް އައިސް ރާއްޖެއަށް ޑުރަގު އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާތީ އެކަމާމެދު ސުވާލު އުފެދޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހަށް އެޖެންޑާ ކުރި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން މުޖުތަމައު އަށް ދޫވާތީ އެކަމާ ގުޅިގެން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ފަހަކަށް އައިސް މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމެންޓްތައް އަތުލައިގަންނަކަން ފާހަގަ ކުރައްވައިފައެވެ. މެމްބަރުންގެ ވާހަކަތަކާ ގުޅިގެން މިއަދު މަޖިލީހުގެ ފުރަތަމަ ދަންފަޅި ނިމެން ކައިރިވެފައި ވަނިކޮށް ނަޝީދު ވަނީ އަތުލައިގަންނަ މަސްތުވާތަކެތީގެ ޝިޕްމެންޓްގެ ބަރުދަނަށް ބަލާ އިރު އެއީ ދިވެހިންނަށް ވިއްކުމަށްޓަކައި އެތެރެކުރާ ތަކެތިތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑު މި ހިތަށް އަރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުން ކުރި ނަމަވެސް މި އަދަދު ބޭނުން ކުރެވޭ ބާއޭ ކޮންމެ ދުވަހަކު ބޭނުން ކުރި ނަމަވެސް. އެހެންވީމަ ވެގެންދާ ގޮތާއި މެދު އަޅުގަނޑު ހިތުން މެމްބަރުންނަށް ސުވާލެއް އުފެދޭނެ ޓްރާންސްޝިޕްމެންޓްޕޯޓެއް ގޮތުގައި ރާއްޖެ ހިމެނި އެ ބާވަތުގެ ވިޔަފާރި ފަހިވެގެން ދާދިއުމެއް ކުރިއަށް ދާކަމަށް.
– ނަޝީދު ވިދާޅުވިއެވެ.
މަސްތުވާތަކެތި އެތެރެ ކުރުން އިންތިހާއަށް އިތުރުވެފައިވާ އިރު މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 100 އެއްހާ ކިލޯގެ ހެރޮއިން އަތުލައިގަތެވެ. އަދި ރ. އަތޮޅުގައި ފުލުހުންނާ ގުޅިގެން މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން އަތުލައިގެންފައި ވެއެވެ.
ރައީސް ނަޝީދު ވަނީ އެހާ ގިނަ އަދަދެއްގެ މަސްތުވާކެތި އެތެރެ ކުރަނީ ހަމައެކަނި ރާއްޖެގައި ބޭނުން ކުރަންތޯ ސުވާލު އުފައްދަވާފައެވެ.
4 Responses
ތިބޭފުޅާވެސް ދިޔާ ތަކެތި ބޭނުން ކުރެއްވީމެންނުންތޯ.
ދެން ތިވެސް ބޭނުންކުރޭ.
މިއީ އަންދާ ޤާނޫނު ހިނގާތަނެއް.
މަނިކުފާނު ހައްޔަރެއް ނުކުރޭނެއްނުންތޯ.
މަނިކުފާނު ދިޔާ ތަކެތި ބޭނުންކުރެއްވި ކަމަށް އިއުތިރާފް ވެފަ އޮތް ލިޔުން ސޯޝަލް މީޑިޔާގަ އެއޮތީ.
ޕޮލިހުންނަކަން ނުކުރެވުނެއްނުން.
ޑްރަގް ވެސް އޭނަ ބޭނުންކުރޭ! ފަހުން އެކަން އޭނަގެ އަނގައިން ޔަޤީންކޮށްދޭނެެ
ކުރާމޭހުންނަށާ ކުރުވާމީހުންނަންތަ ބޮޑައްއެގޭނީ
އެ ޕރޮސެސް ކުރިޔަށް ގެންދާ ގޮތް އަނގަ ގަދަކަމުން ފާޑަކަށް އެ ބުނެވުނީ