ހިޔާ މަޝްރޫޢު: H7 ކެޓަގަރީއަށް ނުގުޅޭ އިތުރު 93 މީހެއްގެ ލިސްޓެއް

ހިޔާ މަޝްރޫޢު: H7 ކެޓަގަރީއަށް ނުގުޅޭ އިތުރު 93 މީހެއްގެ ލިސްޓެއް

"ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ތެރެއިން އިތުުރު 93 މީހެއްގެ ނަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުންވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައިވެސް މި ކެޓަގަރީން ނުގުޅޭ 509 މީހެއްގެ ނަން އާންމުކޮށްފައެވެ. ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެއެވެ.

އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ) ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅޭ ފަރާތްތަކުގެ ލިސްޓުގެ ގޮތުގައި 2020 އޮކްޓޫބަރު 29 ވަނަ ދުވަހު ޢާންމުކުރައްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކުރިއަށްގެންދާ ވެރިފައިކުރުމުގެ ޕްރޮސެސްގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަކުރެވިފައިވާތީ، ނުގުޅޭ ފަރާތްތަކުގެ "ލިސްޓު 2" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ގެޒެޓް ކުރައްވާފައެވެ.

މިއަދު ޢާންމުކުރެވުނު ލިސްޓު2 ގައި ހިމެނޭ ފަރާތްތަކުން ވެސް 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް އެ ކޮމެޓީން އެދިވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *