ކޯވިޑް ޖެހިގެން ތިން މަހުގެ ކުއްޖަކު ނިއާވެއްޖެ

ކޯވިޑް ޖެހިގެން ތިން މަހުގެ ކުއްޖަކު ނިއާވެއްޖެ

ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދިޔަ ތިން މަހުގެ ކުއްޖަކު ގދ. ތިނަދޫގައި ނިއާވެއްޖެއެވެ.

މިއީ މި ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖޭން ނިއާވި އެންމެ ހަގު ކުއްޖާއެވެ. ނަމަވެސް މިއީ ކޮވިޑްގެ މަރެއްގެ ގޮތުގައި އެޗްޕީއޭ އިން އަދި އިއުލާނެއް ނުކުރެއެވެ. ކޯވިޑް ޖެހިގެން ރާއްޖޭން މަރުވި މީހުންގެ ތެރެއިން މީގެ ކުރިން އެންމެ ހަގު އުމުރަކީ މިދިޔަ ޖޫން މަހު މަރުވި 10 އަހަރުގެ ކުއްޖެކެވެ.

ނިޔާވި ކުއްޖާގެ އާއިލާ މެންބަރަކު "ހުވަދޫ" އޮންލައިނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ކުއްޖާ ރޭ ފަތިހު ފެސިލިޓިއަށް ގެންދިއުމުން ކުއްޖާއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށެވެ. ހަތަރު ގަޑިއިރު ވެގެންދިޔަ އިރުވެސް އެކުއްޖާއަށް ފަރުވާ ދެވިފައި ނުވާ ކަމަށާއި، އޮކްސިޖަން ދޭން ފަށާފައިވަނީ ކުއްޖާ ރެސްޕޯންޑް ކުރުން ހުއްޓާލިފަހުން ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

ތިނަދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ތިން މަހުގެ ކުއްޖާ އަށް ކޮވިޑް ޖެހިގެން ފަރުވާ ދޭން ފެށި އިރެއް ނޭނގެއެވެ. މިކަމާ ގުޅޭ ގޮތުން ތިނަދޫ ހޮސްޕިޓަލްގެ ބަހެއް ވެސް އަދި ނުލިބެއެވެ.

މި ކުއްޖާގެ މަރާ އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 239 އަށް އަރައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *