ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދޭން އެދިއްޖެ

ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދޭން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2020 07:15
0

ޖަލުތަކުގައި ބައިތިއްބާފައިވާ މީހުންނަށް އަވަސްހައްލެއް ހޯދައި ދިނުމަށް ހިއުމަން ރައިޓް ކޮމިޝަން އޮފަދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކިބައިން އެދިވަޑައިގެންފިއެވެ.

ޖަލުގައި ތިބި މީހުންނަށް ދިމާވެފައިވާ ޖާގައިގެން ދަތިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ހޯމް މިނިސްޓަރާއިއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު އެޗްއާރުސީއެމް އިން ވިދާޅުވީ މިނިސްޓްރީން ޖަލުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ނަމަވެސް މިހާރު ޖަލުގެ ޖާގައިގެ ދަތިކަން އޮތް މިންވަރަށް ބަލާއިރު އަވަސް ހައްލުތަކެއް ހޯދުމަކީ މުހިންމު ކަމަކަށްވާތީ އެޗްއާރުސީއެމްއިން ވަނީ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައްޔިތުން މަޖިލީހަށް ހާޒިރުކޮށް ހޯމް މިނިސްޓަރ އިމްރާނާއި ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރޭގައި ވިދާޅުވީ ޖަލުތަކުގެ ޖާގައަށްވުރެ 340 ގައިދީ އިތުރަށް ތިބި ކަމަށާއި އެއީ ޖާގައަށް ވުރެ 30 ޕަސެންޓް އިތުރުވުމެއް ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ޖަލުތަކުގައި މިހާރު ވެސް 1700 އެއްހާ ގައިދީން އެބަތިއްބެވެ. އޭގެ ތެރެއިން ކަރެކްޝަން ސާވިސްގެ ދަށުގައި ވަނީ 1360 ޖާގަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ 10 ޕަސެންޓް މީހުނަށް ހުކުމް ކޮށްފި ނަމަ އިތުރަށް 400 އެއްހާ ގައިދީން ޖަލަށް ދާން ޖެހި، ގައިދީން ބަލަަހައްޓާނެ އިތުރު ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.