މާލޭ ބައިނަލް އަގުވާމީ ވައިގެ ބަދަރު ޖީއެމްއާރާއި ހަވާލުކުރީ ރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުުރުމަށް ކަމުގައި ޖީއެމްއާރަށް އެއާޕޯޓް ހަވާލުކުރި އިރު ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީމްއެއާރުއާއެކު ވެފައިވާ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބަދަލުގެ ގޮތުގައި ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ. އެފައިސާ ދައްކައި އެއްބަސްވުން ބާތިލް ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
މިއެއްބަވުމުގެ އަޑު ގަދަވެފައިވާ މިދަނޑިވަޅުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްއާރާއި އެއާޕޯޓް ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން ވޯލްޑް ބޭންކްގެ އެހީގައި ޓެންޑަކޮށް ކާމިޔާބުކުރުމުން ކަމަށެވެ. ޖީއެމްއާރާއި އެއާޕޯޓް ހަވާލުކުރީ ރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުރުމަށް ކަމަށާއި، މިކަން ނުވެދިޔައީ އެއްބަސްވުން ބާތިލް ކުރުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހުޅުލޭ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ވޯލްޑް ބޭންކްގެ އެހީގައި ޓެންޑަކޮށް ކާމިޔާބުކުރި ޖީއެމްއާރަށް ހަވާލުކުރެވުނީ ރާއްޖޭގެ އިޤްތިޞާދު 2 ގުނަ ކުރުމުގެ ނިޔަތުގައި، އޭރުވެސް، މިހާރުވެސް މާހިރުން ބުނަމުން ދިޔައީ ބޭނުންވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާކުރުންކަމަށް.
– ނަޝީދު ވިދާޅުވިއެވެ.
Hulhule airport tharaggee kurumuge masakkaiy 2010 ga World Bank ge eheega tender koh kaamiyaab kuri GMR ah havaal kurevunee Raajje ge iqthisoadh 2 guna kurumuge niyathuga. Eyruves, mihaaruves maahirun bunamun dhiyaee beynunvanee terminal bodukoh alun binaakurumah kamah
— Mohamed Nasheed (@MohamedNasheed) October 17, 2021
އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ރޭ ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓްވިޓަރގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއު އޮންނާނީ ނިމިފައިކަމަށެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔަ އިރުވެސް އެމަސައްކަތް ދަނީ އަދިވެސް ކުރަމުންކަން އަމީރު ފާހަގަކުރެއްވިއެވެ.
އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައިފމ، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެންދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއްކަމާއި އަދި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ.