ކަނޑުމަތީގެ ހާދިސާގައި ނިޔާވި ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފި

ކަނޑުމަތީގެ ހާދިސާގައި ނިޔާވި ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފި

Author
ހުސެއިން
17 އޮކްޓޯބަރ 2021 08:56
0

އިއްޔެ ކަނޑުމަތީގައި ހިނގައިދިޔަ ނުރައްކާތެރި ހާދިސާގައި، ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު 7:30 ގައިކަމަށެވެ. ނަމަވެސް އަދި މޫނު ދެއްކުމާއި ވަޅުލަން ހަމަޖެހިފައިވާ ގަނޑިއެއް ސާފެއް ނުވެއެވެ. 12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވާއިރު، އޭނާގެ 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ.

ފުލުހުން ވިދާޅުވީ އަންހެން މީހާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި، އާއިލާއާއި، އެސަރަހައްދުގެ ބައެއް ރަށްތަކުގެ ރައްޔިތުންވެސް ދަނީ ހުއްޓާނުލައި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.