ކުރީ ސަރުކާރުތަކުން އަސާސީ ޚިދުމަތްތައްފަދަ މަސައްކަތްތައް ކުރިނަމަ، މިސަރުކާރަށް ޖެހޭނީ މުޅިން ތަފާތު ތަރައްޤީގެ މަސައްކަތްތަކެއް ކުރަންކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ، ހއ.އިހަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވުމުން އެކަމަށް އިޝާރާތްކުރައްވައެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރުތަކުން އެ މަސައްކަތްތައް ކޮށްފައި އޮތްނަމަ މިސަރުކާރުން ކުރަންޖެހޭނީ މުޅިން ތަފާތު އެހެން ތަރައްޤީގެ މަސައްކަތްތަކެއްކަމަށެވެ. ނަމަވެސް ފަހަތަށް ނުޖެހި ރައީސް ޞާލިޙްގެ ސަރުކާރުން ދަނީ ކުދި ބޮޑު ހުރިހާ ރަށެއްގެ ބަދަލު ކުރުމުގެ މަަސައްތަކަތް ކުރަމުންކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
ގައިމު މި ހުރިހާކަމެއް ކުރީ ސަރުކާރުތަކުން ކޮށްފައި އޮތްނަމަ މިސަރުކާރުން ކުރަންޖެހޭނީ މުޅިން ތަފާތު އެހެން ތަރައްޤީގެ މަސައްކަތްތަކެއް! އެހެނަސް ފަހަތަށް ނުޖެހި ރައީސް ޞާލިޙްގެ ސަރުކާރުން މި ދަނީ ކުދި ބޮޑު ހުރިހާ ރަށެއްގެ ބަދަލު ކުރުމުގެ މަަސައްތަކަތް ކުރަމުން ! ސާބަސް!
– ފޭދޫ ދާއިރާގެ މެންބަރު
ނިހާދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ދަނީ ގިނަ ރައްތަކެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި 2023ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
މިގޮތުން އިހަވަންދޫގައި ކުރިއަށްދާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ 66 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ