އަފްރާޝީމްގެ މަރަށް އިންސާފު ނުލިބި 9 އަހަރު ވެފައިވާކަމީ ލަދުވެތިވާންޖެހޭ ކަމެއް: ވައްޑެ

އަފްރާޝީމްގެ މަރަށް އިންސާފު ނުލިބި 9 އަހަރު ވެފައިވާކަމީ ލަދުވެތިވާންޖެހޭ ކަމެއް: ވައްޑެ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައި މީހުންގެ އާއިލާތަކަށް އިންސާފު ހޯދުމަކީ މިސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުކަން އެންމެ ހިނދުކޮޅަކުވެސް ހަނދާން ނައްތާލައިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހުގެ ރޭ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ދެމީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެތެރެއިން އެ މައްސަލަ ސާބިތުވީ ހ.ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.

އަފްރާޝީމްގެ މަރަށް މިއަދަށް 9 އަހަރު ވެފައިވާއިރު، މިއަދާއި ހަމައަށްވެސް އާއިލާއަށް އިންސާފު ހޯދިފައި ނުވެއެވެ. މިކަމާއި ގުޅިގެން ވައްޑެ ވިދާޅުވީ މަރުހޫމް އަފްރާޝީމްގެ އާއިލާއަށް އިންސާފު ނުހޯދި ނުވަ އަހަރު ވެފައިވާކަމީ ލަދުވެތި ވާންޖެހޭ ކަމެއްކަމަށެވެ. މިސަރުކާރުން ވެރިކަމަށް އައީ މަރުތަކަށް އިންސާފު ހޯދުމަށް ވައުދު ވެގެންކަމަށްވާއިރު، މަރުތަކަށް އިންސާފު ނުހޯދޭނަމަ، ހަމަޖެހުމެއް ނެތްކަމަށެވެ. މިފަދަ ޖަރީމާތަކުގައި ބައިވެރިވި މީހުންނާއި، މިކަންކަން ކުރުުމުގައި ފަހަތުގައި ތިބި މީހުން ނުހޯދޭކަމީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ.

މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއަށް ވަރަށް ލާއިންސާނީ ރަހުމުކުޑަ އަނިޔާދީ އަވަހާރަކޮށްލިތާ ބަރާބަރު 9 އަހަރު. މި ޖަރީމާގައި ބައިވެރިވި ފަރާތްތަކާއި، ފަހަތުގައި ތިބި ބަޔަކު ނުހޯދި، އިންސާފު ޤާއިމް ނުކުރެވި މިހާ ދިގު މުއްދަތެއް ފާއިތުވެގެން ދިޔުމަކީ ލަދުވެތިކަމުގެ އިންތިހާ މިފަދަ ޖަރީމާތައް ބަލައި، ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މިވެރިކަމުގެ އެންމެ ބޮޑު ވަޢުދު ކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ. މާތް الله މަރްޙޫމް ޑރ. އަފްރާޝީމްގެ ފުރާނައަށް ރަޙުމަތް ލައްވައި، ސުވަރުގޭގެ އެންމެ މަތީ މަޤާމުގައި ލައްވާށި. އާމީން

– ވައްޑެ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 2ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު، އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ނުލިބޭނެ! ބަނީ އިސްރާއީލުގެ ޔަހޫދީން ޝަހީދުކުރި ރަސޫލުބޭކަލުންގެ މަރަށް އިންސާފު ލިބުނުތޯ؟

Leave a Reply

Your email address will not be published. Required fields are marked *