އިސްރަށްވެހިންގެ ދުވަސް އެޗްޑީސީން ކުލަގަދަކޮށް ފާހަގަކުރަނީ

އިސްރަށްވެހިންގެ ދުވަސް އެޗްޑީސީން ކުލަގަދަކޮށް ފާހަގަކުރަނީ

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2021 12:49
0

އެޗްޑީސީ އާއި ދިރާގު އަދި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް ގުޅިގެން އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތްތަކުގެ ތެރޭގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާއިއެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތައް ހިމެނިފައިވާނެ ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅާ ގިނަ މައުލޫމާތުތަކެއް ދިނުމާއި އެ ފަރާތްތަކުގެ ހަކުރު އަދި ލޭގެ ޕްރެޝަރ ބަލާލުން ފަދަ ޙިދުމަތްތައް އެ ސަރަހައްދުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި އިސްރަށްވެހިންނަށް ދަތި އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށާއި އެ މީހުން ވެސް މުޖުތަމައުގައި ހިންގާ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީގެ ގްރޫޕްތަކުން ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާފައެވެ. މިހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާAli
Aslu zinmaa Adhaa kobala furatha. Raajjeyga Hurihaa Flat Thakuge owners HDC ge Ihumaalun Apparrments thakuga noolhevigen Shakuvaa kuraairu , ekan Hallu kohdheebala. Namas thalahan noolhebala.