މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެޕާޓިގެ އެތެރޭގެ އިންތިޚާބާއި ގުޅޭގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުލުވާލައފިއެވެ.
އެމްޑީޕީން ބުނީ އެޕާޓިގެ ދާއިރާތަކުގެ އިންތިޚާބު 2021 އާ ގުޅޭ ޝަކުވާ ހުށަހެޅުން، 28 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އިއުލާން: MDP/2021/31
އިންތިޚާބީ ޝަކުވާ ހުށަހެޅުން އަންގާރަ ދުވަހުގެ 20:00 އާ ހަމައަށް ހުޅުވާލާފައިވުން – https://t.co/HCqwQhbZWB
— MDP Secretariat (@MDPSecretariat) September 27, 2021
ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރި ގިނަ ވަޒީރުންނާއި އަދި ކުންފުނިތަކުގެ އެމްޑީންވެސް ވަނީ ރައީސް ސާލިހުގެ ތާޢިދާއެކީ ގައުމީ މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި، ރައީސް ސާލިހަށް ތާޢީދުކުރާ، މި ސަރުކާރުގެ 3 ވަޒީރަކުވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. މީގެތެރޭގައި މިހާރު ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ، ކޮރަޕްޝަންގެ ތުހުމަތުގައި، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން އެންމެ ފުރަތަމަ ގެއްލުވާލި ކެނޑިޑޭޓެކެވެ. އަދި ނަޝީދަށް ތާއީދުކުރާ ޕާޓީގެ އިސް ފަރާތްތަކުން، އޭނާގެ ކެނޑިޑެސީ ގެއްލުވާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކެނޑިޑޭޓެއްވެސް މެއެވެ.
ރާއްޖޭގެ ގިނަ ހިސާބުތަކުގައި، ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ތާއީދުކުރަމުން އައި ގިނަ ކެނޑިޑޭޓުންނަށް ގައުމީ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، މާލޭ ދާއިރާއިން ނަޝީދުގެ ބަރުލަމާނީ ވިސްނުމުގައި ކެންޕޭން ކުރެއްވި ބައެއް ކެނޑިޑޭޓުންވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
މީގެތެރޭގައި، އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި، މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަކުރަމް ކަމާލުއްދީނާއި ވާދަކޮށް ރަގަޅު ނަތީޖާއެއް ނެރުއްވައިގެންނެވެ.
މީގެއިތުރުންވެސް، މައްޗަންގޮޅި އުތުރު ދާއިރާ ކާމިޔާބު ކުރެއްވި ޚަދީޖާ ރީޝާއާއި، ހެންވޭރު ހުޅަގު ދާއިރާ ކާމިޔާބު ކުރެއްވި މުހައްމަދު ސައިފް ފާތިޙު އާއި، ގަލޮޅު އުތުރު ދާއިރާ ކާމިޔާބު ކުރެއްވި އާމިނަތު ޒާހިރާގެ އިތުރުން ބަރުލަމާނީ ކެމްޕޭން ވަރަށް ބޮޑަށް ޕްރޮމޯޓު ކުރައްވަމުން ކެމްޕޭން ކުރެއްވި އިސްމާއިލް ހަލީމް ގަލޮޅު ދެކުނު ދާއިރާއަށް އިންތިޚާބުވެ، މާލޭގެ ބައެއް ދާއިރާތަށް ނަޝީދަށް ތާއީދުކުރާ ބައެއް ކެނޑިޑޭޓުން ކާމިޔާބު ކުރައްވާފައިވާކަން ފާހަގަ ކޮށްލަންޖެހެއެވެ.
އަދި މީގެ އިތުރުންވެސް ބައެއް އެހެން ސަރަހައްދުތަކުން ނަޝީދުގެ ވިސްނުމަށް ތާއީދުކޮށް ބަރުލަމާނީ ނިޒާމް ޕްރޮމޯޓްކޮށް، އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން، ތުޅާދޫ ދާއިރާއާއި، ކ. ގުރައިދޫ ދާއިރާއާއި، މާމިގިލީ ދާއިރާފަދަ ބައެއް ދާއިރާތަކުން ނަޝީދަށް ފާޅުގައި ތާއީދުކުރަމުން އައި ބައެއް ކެނޑިޑޭޓުންވަނީ ދާއިރާތައް ކާމިޔާބު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ