ސަފާރީ އަޑިއަށްގޮސް އެކަކު މަރުވެއްޖެ

ސަފާރީ އަޑިއަށްގޮސް އެކަކު މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2021 01:08
0

މޫސުން ގޯސްވެ ދިޔަވަމުން ދިޔަ ސަފާރީގައި ތިބި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ މިޙާދިސާގައި ޙާލު ދެރަވެގެން 7 މީހަކު އައިޖީއެމްއެޗްގެ އިއާރްއަށް ގެންގޮސް ފަރުވާދިނެވެ. ނިޔާވެފައިވަނީ އޭގެ ތެރެއިން އެކަކެވެ. އެއީ ޢުމުރުުން 41 އަހަރުގެ ބޭރު މީހެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އެހެންނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަމެއް އައިޖީއެމްއެޗުން ހާމައެއް ނުކުރައްވައެވެ.

"ހޭންޑީ ކުރޫޒަރ"އިން ދަތުރުކުރި 6 މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭންފަށައިފިއެވެ. މިއަދު ހެނދުނު ބޮލިފުށި ކައިރިން 17 މީހުންނާއެކު މާލެއަށް ދަތުރުކުރަމުންދިޔަ "ހޭންޑީ ކުރޫޒަރ" ސަފާރީއެއް ވަނީ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އެސަފާރީން ދަތުރުކުރި އެންމެން މިހާރު މާލެ ގެނެސްފައިވާކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުކަމަށެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވަނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މުސުބާ ބެހޭ ޤައުމީ އިދާރައިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.