ލ.ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް

ލ.ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް

Author
މުޙައްމަދު ޝަޒައިމް
30 އޮކްޓޯބަރ 2020 01:58
0

ލ.ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 21:30ހާއިރުއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ލ.ގަން މުކުރިމަގު، ލިންކް ރޯޑް ސަރަޙައްދުގައިކަމަށެވެ. އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތްކޮޅުގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މީހާއަށް ލ.ގަމު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަނިޔާވެފައިވަނީ 29އަހަރުގެ ދިވަހި ފިރިހެނަކަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.