މިއަދު ވެރިކަމުގަ އޮތީ އިސްލަމްދީނަށް ކިތަންމެ ފުރަސާރައެއް ކުރިޔަސް އަސަރު ނުކުރާވަރުގެ ކޯލިޝަނެއް ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މާތް ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށް އިސްލާމްދީނަށް ގޮންޖަހައި ފްރާންސުގެ ރައީސް ދެއްކެވި ވާހަތަކާއި ގުޅިގެން ދިވެހި ސަރުކާރުން އެކަން ސީރިއަސްކަން ކުޑަގޮތަކަށް ނަގާފައިވާތީ ސަރުކާރަށް ފާޑުވިދާޅުވަމުން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރަށް މިކަންކަމަކީ މާބޮޑު ކަމެއްނޫންކަމަށެވެ.
މިއަދު ވެރިކަން ކުރަމުންދަނީ މިފަދަ ދީނާ ޚިލާފް ކަންކަމަށް ހިއްވަރުދޭ ދީނާއި ދުރުކަންކަމާއި އެކަށީގެންވާ މިންވަރަށް ދެކޮޅު ހެދުމުގެ ހިއްވަރު އޮތް ކޯލިޝަނެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކުން،ކީރިތި ޤުރުއާނަށް ޖޯކު ޖެހުމަކުން،މާތް اللہ ގެ ޒާތުފުޅަށް ގޮން ޖެހުމަކުން މިއަދު ރާއްޖޭގައި މި އޮތް ކޯލިޝަން ސަރުކާރަކަށް އަސަރެއް ނުކުރާނެ. އެ އަށްވުރެ މާ ނުބައި ނުލަފާ މުނާފިގު ކޯލިޝަނަކުން އުފައްދައިގެން އުޅޭ ސަރުކާރެއް މިއަދު މިއޮތީ
— Abdul Raheem Abdulla (@Banafsaa) October 29, 2020
ފްރާންސް އިން މާތް ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ރާއްޖޭގެ 34 މަދަނީ ޖަމްޢިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މިމައްސަލާގައި ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮވެ ސަރުކާރުން ފްރާންސާއިއެކު ގާއިމްކޮށްފައިވާ ވިޔަފާރީގެ ގުޅުންތައްވެސް މިހާރުން މިހާރަށް ކަނޑާލުމަށް މި ޖަމްއިއްޔާތަކުން ވަނީ ސަރުކާރަށްގޮވާލާފައެވެ.
ފްރާސްގެ ރައީސްގެ މިވާހަތަކާއި ގުޅިގެން އިސްލާމީ ބޮޑެތި ޤައުމުތަކުގައި ފްރާސާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައްކޮށް، އެޤައުމުގެ ތަކެތި ޤައުމުތަކަށް އެތެރެކުރުން ހުއްޓާލުމަށް ދަނީ އަޑު އުފުލަމުންނެވެ. އަދި މިއީ އިސްލާމީ މުޅި އުތްމަތް ދެކޮޅު ކަމެއްކަން ދެއްކުމަށް މުޅި އިސްލާމީ އުތްމަތް އެކީ ތެދުވުމަށް ދީނީ އިލްމުވެރިންވެސް ދަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ