މުސާރަ ބޮޑުނުކުރެވޭ، ބަދަލު ދިނުމަށާއި، އިންތިޚާބަށް ނުފޫޒުފޯރުވަން ފައިސާހުރޭ: ވައްޑެ

މުސާރަ ބޮޑުނުކުރެވޭ، ބަދަލު ދިނުމަށާއި، އިންތިޚާބަށް ނުފޫޒުފޯރުވަން ފައިސާހުރޭ: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
20 ސެޕްޓެމްބަރ 2021 11:09
0

ދިވެހި ސިވިލްސާވަންޓުންނާއި، ޓީޗަރުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑު ނުވާ އަސްލު ސަބަބަކީ ކޮބައިކަން ސަރުކާރުން ވަރަށް ސާފުކޮށް ބުނެދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ 19 ވަނަ މަޖިލިސް އުފެދިގެން އައީވެސް މިނިވަން ވޭޖް ކަނޑައެޅުމަށް ވައުދު ވެގެން ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެކަން ކޮށްދެވިފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް މިކަން ނުކުރެވިގެން އުޅޭ ސަބަބެއް ބަޔާން ކުރަން ޖެހޭކަމަށެވެ. ފުލުފުލުން ބަދަލުގެ ގޮތުގައި ކޯވިޑްގެ ތެރޭގައިވެސް ބަދަލު ދެވޭއިރު، މުސާރަ ބޮޑޫ ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ. އަދި މިހާރު އެމްޑީޕީ އިންތިޚާބާއި ދިމާކޮށް ނުފޫޒު ފޯރުވުމަށް ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ހިންގާ ކަމުގެ ވާހަކަ ދައްކައި ވަކި ކެނޑިޑޭޓުން ނެގުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އަޅުގަނޑުމެންގެ އެތެރޭގެ އިންތިޚާބު ތަކާއި ދިމާކޮށް، އެބޭފުޅުންގެ އެތެެރޭގެ އިންތިޚާބުތަކުގެ ކެމްޕެއިނަށް، ވަކިވަކި ކެނޑިޑޭޓުން ނަގަންވެގެން ކުންފުނިތަކުން އެކުރަމުންދާ މަސައްކަތްތައް، އަދި ޚާއްސަކޮށް މިއިންތިޚާބާއި ދިމާކޮށް ބަޖެޓުން ބޭރުންވެސް މިލިޔަނުން ބިލިޔަނުން ބޮޑެތި ކަންތައްތަކެއް ގެންގަމުންދާ ގެނައުމަކީ ހަގީގަތުގައި ސިވިލްސާވަންޓުންގެ އުޖޫރައަށް ހައްލެއް ގެނައުމަށްޓަކައި، ސަރުކާރުން ހުރި އިޚުލާސްތެރި ސަބަބުތައް ބުނެދޭން.

– ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ މުހިންމު ޤައުމީ ޚިދުމަތްތެރިންނަކީ ސިވިލްސާވަންޓުންނޭ ކިޔައި ރީތި ވާހަކަ ދެއްކިދާނެކަމަށެވެ. ނަމަވެސް މިމައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ ކަންބޮޑުވުވާކަމަށެވެ. ކޮންމެ ފަހަރަކުވެސް ކޯވިޑާއި ގުޅިގެން އިޤްތިޞާދީ ހާލަތު އޮތް ކަމަށްބުނެ ބަހަނާ ދައްކަމުންދާކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދާ ކަންތައްތަކުން މިއީ ބަހަނާއެއްކަމަށް ބެލެވެން ނެތްކަމަށް ވަހީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންތިރި
ޝާހިދު އާއި ޞާލިޙު ދުނިޔެ ވަށާ ބުރު ޖަހައި ދައުލަތް ހުސްކުރަނީ