ވެރިކަމުގައި ޕާޓީގެ ގޮނޑިޔާ ހިފުންނޫން ކަމެއް 2 ރައީސުންނަށް ނުކުރެވުނު: ސައީދު

ވެރިކަމުގައި ޕާޓީގެ ގޮނޑިޔާ ހިފުންނޫން ކަމެއް 2 ރައީސުންނަށް ނުކުރެވުނު: ސައީދު

Author
މުޙައްމަދު ޝަޒައިމް
19 ސެޕްޓެމްބަރ 2021 02:13
0

ވެރިކަމުގެ މިވީ ދުވަސްތަކުގައި އަމިއްލަ ޕާޓީގެ ބާރުވެރިކަން ހޯދުން ނޫންކަމެއް ދެ ރައީސުންނަށް ނުކުރެވުނު ކަމުގައި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފިޔަވަތީގައި މައްސަލަތައް އިންތިހާއަށް ބޮޑުވެ، އެކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާތީ ފާޑުވިދާޅުވެ ސައީދު ވިދާޅުވީ ވެރިކަން ލިބި ފަސް އަހަރު ދުވަސް ހޭދަ ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. ވެރިކަމުގެ 5 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރަމުންދަނީ ކުރަންޖެހޭ ބޭރު ދަތުރުތައްކޮށް އަމިއްލަ ކަންކަން ހާސިލް ކުރުމަށްކަމަށެވެ.

ވެރިކަން ލިބުމަށްފަހު އެހެން ހުރިހާކަމަކަށްވުރެ މުހިއްމު މިވީ ނުކުރެވިހުރި ބޭރުދަތުރުތައް ކޮށްނިއްމާލުން؟ ޤައުމުގެ ހަޔާތުން 5އަހަރު. ޕާޓީގެ ގޮނޑިޔާ ހިފުންނޫން ކަމެއް 2ރައީސް އަށްނުކުރެވުނު. މަވެސް ވެރިކަން ކޮށްލައިފީމޭ ބުނެލަން ޤައުމު މިހާލަތަށް ވައްޓާލަންޖެހޭތޯ؟

– ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މި ދެބޭފުޅުންނަށް ތާއީދު ކުރާ ކެނޑިޑޭޓުންގެ މެދުގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. މިއިންތިޚާބު ވެގެންދާނީ ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ބާރުވެރިކަން އެމްޑީޕީ ތެރޭގައި ކުރެވޭ އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މިއިންތިޚާބުގައި ސަރުކާރުގެ ނުފޫޒާއި ބާރުވެރިކަން ފޯރުވަމުންދާކަމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. މިއިންތިޚާބު ރައީސް ޞާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުން ކާމިޔާބު ކުރާނެކަމަށް ގިނަ ބޭފުޅުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢިއްބެ
ސައީދުމެން ޕާޓީ އާއި ހިފައި މައުމޫނަށް ބޮޅެއް ދިން ހަނދާނެއް މިއަދަކުނެތް ވާނީވެސް އެހެން އަބަދުވެސް ފެންނާނީ ކުރީގައައި އޮންނަގެރީގެފޫކޮޅު