ޕޮލިސް ކޮމިޝަނަރ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

ޑްރަގް ކެފޭތައް މިހާރު ބަންދު ކުރަމުންދަނީ، މަސްތުވާ ތަކެއްޗާބެހޭ ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށްގެން

ޑްރަގް ކެފޭތައް މިހާރު ބަންދު ކުރަމުންދަނީ، މަސްތުވާ ތަކެއްޗާބެހޭ ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށްގެން

މާލޭގައި ޑްރަގް ކެފޭތައް ބަންދު ކުރުމަށް ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ޑްރަގް ކެފޭތައް ބަންދު ކުރުމުގައި، ކޯޓު އަމުރު ހޯދާއިގެން އެމައްސައްކަތް ކުރުމުގައި ދަތިތަކެއް ދިމާވަމުން ދިއުމުގެ ސަބަބުން، ކެފޭތައް މިހާރު ބަންދު ކުރަމުން ދަނީ، މަސްތުވާ ތަކެއްޗާބެހޭ ގާނޫނުން ފުލުހުންނަށް ލިބިދޭ ބާރުގެ ބޭނުން ކޮށްގެން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ރެއާއި ހަމައަށް ފުލުހުންވަނީ، މާލޭގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ 44 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިންވެސް 25 ޑްރަގް ކެފޭއެއް ބަންދު ކޮށްފައިވާއިރު، ފަލުހުން ދަނީ އެތަންތަކުގައި 24 ގަޑިއިރު ފޯރި މަރަމުންނެވެ.

ފުލުހުން ބުނެފައިވަނީ، ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންނަން ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށާއި، އަދި "މެތު" ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތެއް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމުގައެވެ.

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދިނުން އާންމު ވެފައިވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ވިދާޅުވެފައިވަނީ، ކެޕޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދޭކަމަށް ބެލެވޭ މ. ބްރައިޓްފްލާވަރ ގައި، އެކަން ނުކުރުމަށް އެންގުމުންވެސް، މި ޚިދުމަތް ދެމުންދާތީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127ވަނަ މައްދާގެ (ށ)ގެ ދަށޫން އެގޭގެ ވެރިފަރާތުގެ މައްޗަށް ޖިނާއީ ކޯޓުގައި މިހާރު ދައުވާ އުފުލާފައިވާ ކަމުގައެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 27 ވަނަ މާއްދާގައި ބުނަނީ، ޓްރެފިކްކުރުމަށް ނުވަތަ ޕެޑްލް ކުރުމަށް، ނުވަތަ އުފެއްދުމަށް ނުވަތަ އެއިންކަމެއް ކުރުމަށްކަމަށް ގަބޫލުކުރެވޭ ހާލަތު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމަކީ ކުށެއްކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *