ކޯޕް26 ސަމިޓްގެ ކުރިން، މޫސުމީ ބަދަލުތަކާ ގުޅޭ މަތީ ފެންވަރުގެ އިވެންޓެއް ބާއްވަނީ

ކޯޕް26 ސަމިޓްގެ ކުރިން، މޫސުމީ ބަދަލުތަކާ ގުޅޭ މަތީ ފެންވަރުގެ އިވެންޓެއް ބާއްވަނީ

Author
ހުސެއިން
15 ސެޕްޓެމްބަރ 2021 07:54
0

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ދުނިޔޭގެ ދިމާވެއްޓާބެހޭ ޚާއްސަ ސަމިޓް، ކޯޕް26ގެ ކުރިން، ޕްލެނެޓްގެ ބޭނުންތަކަށް އިޖާބަދިނުމުގެ ގޮތުން، މޫސުމީ ބަދަލުތަކާ ގުޅޭ މަތީ ފެންވަރުގެ އިވެންޓެއް އަންނަ އޮކްޓޯބަރުގައި ބާއްވާނެ ކަމަށް، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސް އަބުދުއްﷲ ޝާހިދު ވިދާޅު ވެއްޖެއެވެ.

އަބުދުﷲ ޝާހިދު މިހެން ވިދާޅުވެފައިވަނި، ދުނިޔޭގެ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އ.ދގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމަށް، ޔޫއެން ޖެނެރަލް އެސެމްބްިގެ ރައިސެއްގެ ހައިސިއްޔަތުން، ރިޔާސަތުގައި ރޭ ތަގުރީރު ކުރައްވަމުންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

ޔޫއެން ޖެނެރަލް އެސެމްބްލިގެ ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށްފަހު، އާންމު މެމްބަރުންނާ މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން، ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޯޕް26ގެ ކުރިން ބާއްވާ މި އިވެންޓުގެ މައިގަނޑު ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އެންމެން އެކުވެ، އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުން ކަމުގައެވެ.

މީގެއިތުރުން، ޝާހިދު ވިދާޅުވީ، މިހާރު ފެށިގެން ކުރިޔަށް 76 ވަނަ ސެޝަން ނިމުމާ ގާތުގައި، މި މައުޟޫޢަށް މަތީ ދަރަޖައިގެ ބަހުސެއް އިންތިޒާމުކުރައްވާނެ ކަމުގައެވެ. އަދި މި ބަހުސް ބިނާކުރެވޭނީ، ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ގޮންޖެހުންތަކުގެ މައްޗަށްކަމަށް ވިދާޅުވަމުން، ޝާހިދު ވިދާޅުވީ، އެންމެންވެސް ދިރިއުޅެމުން މިދާ ގުޅިފައިވާ ވެށްޓައް އަހަމިއްޔަތުކަން ދިނުމކީ ވަރަށްވެސް މުހިންމުކަމެއް ކަމުގައެވެ.

އަދި ޝާހިދު ވަނީ، ޙާއްޞަ ޙާލަތްތަކެއް މެދުވެރިވެފައިވާ ޤައުމުތަކަށް އަމާޒުކޮށް އެހީވުން ވަރަށް މުހިންމުކަން ފާހަގަ ކުރައްވާ، މިގޮތުން، ޖެނުއަރީ 2022 ގައި ދޯހާގައި ބާއްވަން ހަމަޖެހިފައިވާ 'ދަ ފިފްތު ޔޫއެން ކޮންފަރެންސް އޮން ދަ ލީސްޓް ޑިވަލޮޕްޑް ކަންޓްރީޒް' ގައި އެކަމަށް އަލިއަޅުވާލައްވާނެ ކަމަށްވެސް ވިދާޅު ވެފައެވެ. މީގެ އިތުރުން، އެމަނިކްފާނު ވެފައިވާ ވަޢުދާ އެއްގޮތަށް، ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީޒް، އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ކަންޓްރީޒް ގެ އަލަށް އެކުލަވާލެވިފައިވާ އެޑްވައިޒަރީ ބޯޑް ވަރަށް އަވަހަށް އިޢުލާނުކުރެވިގެންދާނެ ކަމަށްވެސް، އާންމު މަޖިލިހުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައި ވެއެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް COP26، ސްކޮޓްލޭންޑްގެ ގްލަސްގޯވް ސިޓީގައި، ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 1 އިން 12އަށެވެ.

ފްރާސްންގެ ވެރިރަށް ޕެރިސްގައި 2015ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމަންޓަށްފަހު، COP26 ހިމެނިގެން ގޮސްފައިވަނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކާ، ގައުމުތަކުން އެއްތަނަކަށް އެއްވެ މަޝްވަރާ ކުރާ އެންމެ މުހިންމު ބައްދަލުވުން ކަމުގައެވެ.

މިގޮތުން މި ބައްދަލުވުމުގައި ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުން އެންމެމަތީ ވެރިންގެ އިތުރުން، އެތައް ހާސް ޑެލިގޭޓުންނާއި، މަދަނީ ޖަމްއިއއްޔާތަކުގެ މެމްބަރުންނާއި މީޑިއާތަކުންވެސް މިބައްދަލުވުމުގައި ބައިވެރިވާނެއެވެ.

މުޅި ދުނިޔޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ދުނިޔެއަަށް ލާބަހުރި ވަކި އެޖެންޑާއެއް ކުރިއެރުވުމަށް، މެމްބަރު ގައުމުތައް އެއްކުރުމުގެ ބާރު ޖެނެރަލް އެސެމްބްރީގެ ރައީސަށް، ޔޫއެންގެ އޮނިގަޑުގެ ތެރޭގައި ލިބިދީފައި އޮވެއެވެ.

ކޯޕް26 ސަމިޓްގެ ކުރިން، މޫސުމީ ބަދަލުތަކާ ގުޅޭ މަތީ ދަރަޖައިގެ އިވެންޓެއް ބާއްވަނީ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.