ހިޒްބުﷲ ޖަމާއަތުގެ އެކްސްޓާނަލް ސެކިއުރިޓީ އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ކަމަށް ބުނާ ތަލާލް ހަމިޔާ

ހިޒްބުﷲގެ އެކްސްޓާނަލް ސެކިއުރިޓީ ޗީފްގެ މައުލޫމާތު ދިން ފަރާތަކަށް އެމެރިކާއިން 7 މިލިއަން ޑޮލަރު ދެނީ

ހިޒްބުﷲގެ އެކްސްޓާނަލް ސެކިއުރިޓީ ޗީފްގެ މައުލޫމާތު ދިން ފަރާތަކަށް އެމެރިކާއިން 7 މިލިއަން ޑޮލަރު ދެނީ

ލުބުނާނުގެ ހަގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ހިޒުބުﷲގެ އެސްޓާރނަލް ސެކިއުރިޓީ އޮފީހުގެ އެންމެ އިސްވެރިޔާގެ މައުލޫމާ ފޯރުކޮށްދިން ފަރާތަކަށް 7 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމުގައި، މިފަހްތާގެ ހޯމަ ދުވަހު އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން ބުނާ ގޮތުގައި، ހިޒްބުﷲ ޖަމާއަތުގެ އެކްސްޓާނަލް ސެކިއުރިޓި އޮފީހުގެ އެންމެ އިސް ވެރިޔާއަކީ، ދުނިޔޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ހިންގާ އެ ޖަމާއަތުގެ އެކި ސެލްތައް ހިންގުމުގެ ޒިންމާ އުފުލާ ފަރާތް ކަމުގައެވެ.

"ތަލާލް ހަމިއްޔާ އަކީ ލުބުނާނެގެ ހިޒްބުﷲ ޖަމާއަތުގެ އެކްސްޓާނަލް ސެކިއުރިޓީ އޮފީހުގެ އެންމެ އިސްފަރާތް، އެހެންކަމުން އޭނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މި ޖަމާއަތުގެ ސެލްތައް އޮޕަރޭޓް ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތް. އޭނާއާއި ބެހޭ ފުރިހަމަ މައުލުމާތު ތިރީގައި މިވާ ޓެލެގްރާމް، ސިގްނަލް ނުވަތަ ވަޓްސްއަޕް ނަމަބަރަށް ފޮނުވުން އެދެން. އަދި އެފަރާތަށް މި އިނާމް ލިބުމުގެ ފުރުސަތު އޮވެދާނެ،" ސްޓޭޓް ޑިޕާޓްމަންޓުގެ "ރިވާރޑް ފޯރ ޖަސްޓިސް ޕްރޮގްރާމް"ގެ ޓުވިޓަރ ގައި ލިޔެފައި ވެއެވެ.

"ރިވާޑް ފޯރ ޖަސްޓިސް ޕްރޮގަރާމް" (RFJ) އަކީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދޭން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޑިޕްލޮމެޓިކް ސެކިއުރިޓީ ސާރވިސްގެ ފަރާތުން ކުރިޔަށް ގެންދާ އިނާމް ދިނުމުގެ ޕްރޮގްރާމްއެކެވެ.

މިގޮތުން ހުށަހެޅޭ އިނާމްތައް ހުށަހެޅިގެންދަނީ، އެމެރިކާ މީހަކާއި ދެކޮޅަށް ނުވަތަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ ތަންތަނަށާއި ތަކެއްޗަށް އަތުވެދާނެ ޓެރަރިޒަމްގެ ހަމަލާއަކު ސަލާމަތް ކޮށްދިނުން ނުވަތަ އެފަދަ ހަމަލާއެއް ހުއްޓުވުމުން ދޭ އިނާމެއްގެ ގޮތުގައެވެ.

ފާއިތުވެދިޔަ އޮކްޓޯބަރު މަހުގައި RFJ އިންވަނީ، އިރާނުން ތާއިދުކުރާ ހިޒްބުﷲއަށް ފައިސާ ލިބޭނެ މަގުތައް ބަންދު ކުރި ކޮންމެ ފަރާތަކަށް ނުވަތަ އެފަދަ މައުލޫމާތު ދިން ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ.

އެމެރިކާއިން ވަނީ، ލުބުނާނުގައި ހަރަކާތްތެރިވާ، އިރާނުން އެހީތެރިވެދޭ ހިޒުބުﷲ އަކީ ޓެރަރިސްޓް ޖަމާއަޔެއްކަމުގައި ބުނެ، އެޖަމާއަތުގެ އެތައް މެމްބަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެ ތެރޭހައި ހިޒުބުﷲ ޖަމާއަތު އެންމެ އިސް ދެ ލީޑަރުންވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *