ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނެއް ނުދައްކައިގެން އެ ބޭންކަށް ނަގާފައިވާ ރަށެއް ކަމުގައިވާ ތ އަތޮޅު ކަޅުދިޔަފުށި ވިއްކާލުމަށް އެ ބޭންކުން އިއުލާންކޮށްފައި ވަނިކޮށް، ބޭންކުން ވިއްކާލަނީ ތ ކަޅުދިޔަފުށި ނޫން ކަމަށާއި ވިކާލަނީ ކޮޅުފުށި ކަމުގައި، ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ވިދާޅު ވެއްޖެއެވެ.
މުސްތާފާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ތ. ކަޅުދިޔަފުއްޓަކީ ހެކްޓަރެއްވެސް ހަމަނުވާ ކުދަ ފިނޮޅެއް ކަމަށާއި، އެމް.އެމް.ޕީ.އާރު.ސީއިން 150،000 ޑޮލަރަށް ވިއްކާލާފައިވަނީ އެ ފިނޮޅު ކަމުގައެވެ. މުސްތަފާ ވިދާޅުވި ގޮތުގައި، އޭރު އެމް.އެމް.ޕީ.އާރު.ސީން 150،000 ޑޮލަރަށް ވިއްކާލާފައިވަނީ ތ. ކަޅުދިޔަފުށި ކަމުގައިވި ނަމަވެސް ރިސޯޓު ތަރައްގީ ކުރަން ފަށާފައިވަނީ ތ. ކަޅުދިޔަފުށީގައި ނޫންކަމަށާއި، ރިސޯޓު ހަދަންފަށާފައިވަނީ ތ. ކޮޅުފުށި ކިޔާ ރަށެއްގައި ކަމަށާއި، އެހެންނަމަވެސް މިނަން ކިޔާރަށުގެ ނަންވެސް ވަނީ ވުޖޫދުން ފޮހެލާފައިކަމަށްވެސް މުސްތަފާ ވިދާޅުވެފައި ވެއެވެ.
ސަރުކާރު 150،000 ޑޮލަރަށް ވިއްކާލީ ތ. "ކަޅުދިޔަފުށި" ކިޔާ ރަށެއް، އެކަމަކު ހެދީކީ "ކަޅުދިޔަ ފުއްޓެއް" ނޫން. ހެދީ ތ. "ކޮޅުފުށި" ކިޔާރަށެއް. މިހާރު އެރަށުގެ ނަންވެސް ވަނީ ވުޖޫދުން ފުހެލާފަ
– މުސްތަފާ ވިދާޅުވެފައި ވެއެވެ.
މި ރަށް ވިއްކާލުމަށް ބީއެމްއެލްއިން ކޮށްފައިވާ އިއުލާނުގައި ވާގިތުން، މިރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހަޅަންޖެހޭ އެންމެ ފަހުގެ މުއްދަތަކީ، އަންނަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުގެ 12:00 އެވެ. ބިޑު ހުޅުވުން އޮންނާނީ އެދުވަހުގެ މެންދުރު 12:00 ގައެވެ.
ބިޑު ހުޅުވުމަށް ބޭއްވޭ ބަދަލުވުމުގައި އޮންލައިންކޮށް ވެސް ބައިވެވޭގޮތަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހަމަޖައްސާފައެވެ. ބިޑް ޑޮކިއުމަންޓުގައިވާ ގޮތުން، ބިޑް ކާމިޔާބު ކުރާފަރާތުން، ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި އެއް ލައްކަ ޑިލަރު ދައްކަންޖެހެއެވެ. އަދި މި ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކިއްޖެނަމަ، ބިޑް ކެންސަލްވާނެ ކަމަށްވެސް ބިޑް ޑޮކިއުމަންޓުގައި ވެއެވެ.
ކޮމެންޓު ފޮނުވާ