މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުގެންދެވޭނެހެން ފުލުހުން ހުރަސްއަޅައިފި

މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުގެންދެވޭނެހެން ފުލުހުން ހުރަސްއަޅައިފި

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2021 04:35
0

އިދިކޮޅު ކޯލިޝަނުން ކުރިއަށްދާ މުޒާހަރާއަށް ކުރިއަށް ނުދެވޭނެހެން މުޒާހަރާގެ ބައިވައިރިންނަށް ފުލުހުން ހުރަސް އަޅައިފިއެވެ.

އެސްއޯ ފުލުުހުން ރަޔަޓް ގިޔަރާއިއެކު މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައިވަނީ ބޮޑު ތަކުރުފާނުމަގު ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުންނެވެ. މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭނެހެން ހުރަސް އެޅުމުން އެރަހައްދުގައި މަޑުކޮށްގެން އިދިކޮޅުގެ ބޭފުޅުން ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ. ގިނަ އަދަދެއްގެ ބަޔަކާއިއެކު ކުރިއަށްދާ މި މުޒާހަރާ ރޫޅާލުމަށް ފުލުހުން އަދި މަސައްކަތް ކޮށްފައިނުވެއެވެ.

މި މުޒާހަރާގައު ކުރީގެ ނާއިބް ރައީސް އަބްދުﷲ ޖިހާދުވެސް ބައިވެރި ވެފައިވެއެވެ. މީގެ އިތުރުންވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެފައިވެއެވެ. އަދި ގިނަ އަދަދެއްގެ އަންހެން ކަނަބަލުންނާއި، ޒުވާނުންވެސް މި ހިނގާލުމުގައި ބައިވެރިވެފައެވެ.

ޤާއުމީ ދިދައާއި، ތަފާތުއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއިއެކު އިދިކޮޅުން ކުރާ އިހުތިޖާޖަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާކު ނެގެހެއްޓޭނީ އަދުލުވެރިކަމާއިއެެކު ރާއްޖޭގައި ކަންކަން ކުރެވިގެންކަމަށްވާތީ އެކަމާށް ގޮވާލައި ބާއްވާ ހިނގާލުމެއްކަމަށް ޕީއެންސީގެ ނާއިބް ރައީސް ޝުޖާ ވަނީ ވިދާޅުވެފައެވެ.

މިއީ ކޯވިޑް-19 ގެ ހާލަތު މިފަހުން ގޯސްވުމަށްފަހު އެޕާޓީން އިންތިޒާމުކުރާ ފުރަތަމަ މަގުމަތީ ހަރަކާތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.