ބަރުލަމާނީ ކެމްޕޭން އިއުލާން ކުރުމަށް މާލެތެރޭގައި ދުއްވަމުންދިޔަ ޕިކަޕް ހުއްޓުވައިފި

ބަރުލަމާނީ ކެމްޕޭން އިއުލާން ކުރުމަށް މާލެތެރޭގައި ދުއްވަމުންދިޔަ ޕިކަޕް ހުއްޓުވައިފި

Author
ހުސެއިން
09 ސެޕްޓެމްބަރ 2021 06:04
0

މިރޭ ބާއްވަން ހަމަޖެހިފައިވާ ބަރުލަމާނީ ކެންޕެއިން އިއުލާންކުރުމަަށް މާލެތެރޭގައި ދުއްވަމުން ދިޔަ ޕިކަލް ހުއްޓުވާ ޕިކަޕުގެ އިންޖީނު ނިއްވާލާ، މަސައްކަތައް ހުރަސް އަޅާފައިވާކަމަށް، މި ކެމްޕޭން އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފިއެވެ.

އަދި މިއީ މިއީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ލިބިދީފައިވާ މިނިވަންކަމަށް އަރައިގަތް ގަތުމެއް ކަމަށް ބުނެ، މިމަސައްކަތަށް ހުރަސް އެޅި އެޅުން، މިމަސައްކަތުގައި އިސްކޮށް އުޅުއްވާ ލޯޔަރު ނިޝާން ވަނީ ވަރަށް ބޮޑަށް ކުއްވެރި ކުރައްވާފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދަވާ، ބަރުލަމާނީ ނިޒާމް ޕެޓިޝަނުގައި ސޮއި ކުރުމާއި ތާޢީދު ހޯދުމުގެ ކެމްޕެއިން އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި މާލެ، ވެސްޓްޕާކް ސަރަހައްދުގައެވެ.

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަންގައި 50،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބަރުލަމާނީ ޕެޓިޝަންގައި މަޖިލީހުގެ ބައެއް އެމްޑީޕީގެ މެންބަރުން ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

އެހެންނަމަވެސް، މިހާރުވެސް ގިނަ ބަޔަކު ޕެޓިޝަންގައި ސޮއި ކޮށްފައިވާއިރު، ޕެޓިޝަންގައި ގިނައިން ސޮއިކޮށްފައިވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުންކަން ފާހަގަ ކޮށްލެވެއެވެ.

ޕެޓިޝަންގައި ރައީސް ޞާލިހަށް ތާއީދު ކުރާ ބައެއް މަޖިލިސް މެމްބަރުންނާއި، އާންމު މެމްބަރުން ސޮއި ކޮށްފައިވަނީ ވަރަށް މަދުންނެވެ. އަދި، ޕެޓިޝަނާއި ގުޅިގެން ރައީސް ޞާލިހަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނާއި، ރައީސް ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައްވެސް ފާއިތުވެދިޔަ ތަނުގައިވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ.

ބަރުލަމާނި ޕެޓިޝަނަކީ ސަރުކާރާއި ދެކޮޅު ޕެޓިޝަނެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ޕެޓިޝަންގައި ރައީސް ޞާލިހުގެ ބޮޑުބޭބޭފުޅުް މޫސާ ޞާލިހުވެސް ވަނީ ސޮއި ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.