ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލު މަރާމާތު 57 އިންސައްތަ ނިމިއްޖެ

ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލު މަރާމާތު 57 އިންސައްތަ ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2021 12:27
0

ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެއެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ޒަމާނީ ވަސީލަތްތަކާއިއެކު އިތުރު ތަރައްޤީ ގެނައުމަށް ސަރުކާރުން ނިންމާފައިވާ 5 ހޮސްޕިޓަލުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ.

ހޮސްޕިޓަލު ބޮޑުކޮށް، މަރާމާތު ކުރަމުންދަނީ އެމްޓީސީސީންނެވެ. އެކުންފުނިން ދަނީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. އެމްޓީސީސީން ބުނެފަިއވަނީ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އޯޕީޑީ އިމާރާތުގެ 75 ޕަސެންޓާއި ވިއްސާކޮޓަރި ހުންނަ އިމާރާތުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ.

މި މަޝްރޫއަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.