އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށައިފި

އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށައިފި

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 09:59
0

އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމް ހދ. ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

މިމަހުގެ 13 ސެޕްޓެންބަރު 2021ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކޮމިޝަނުން މިއަދު ވަނީ ކުޅުދުއްފުށި ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލުކޮށްފައެވެ. ސިޓީކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ހޭލުންތެރިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް އެ ކޮމިޓީން މަސައްކަތްތައް ރާވާފައިވާ ގޮތްތައް ބަލައި ކޮމިޝަނުގެ ހުށަހެޅުންތައް ކޮމިޓީއާ ވަނީ ޙިއްސާކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ކައުންސިލަރުންނަށް ބާއްވާ މަސައްކަތު ބައްދަލުވުމަކާއި، ހިއުމަންރައިޓްސް ޑިފެންޑަރުންނަށް އަމާޒުކޮށް އިންސާނީ ހައްޤުތަކުގެ ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ބޭއްވުމާއި، ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކުރުމާއި، ކޮމިއުނިޓީ ނައިޓްއަކާއި ހިއުމަންރައިޓްސް ފެއަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކަތްކުރާ މުވައްޒަފުން ވިސްލްބްލޯވަރ ޤާނޫނަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ސެޝަންތަކާއި، އެކިއެކި ވިޔަފާރިތައް އަދި ކުންފުނިތައް ހިންގާ ފަރާތްތަކަށް ވިޔަފާރިއާއި އިންސާނީ ޙައްޤާއި ގުޅޭގޮތުން މަޢުލޫމާތުދިނުމާއި، އެންޓިޓޯޗަރ ޤާނޫނަށް އަހުލުވެރިކުރުވުމާއި، ކުޅުދުއްފުށި ސިޓީގެ ސަރަހައްދެއްގައި ކޮމިޝަންގެ އިންފޯމޭޝަން ޑެސްކެއް ބަހައްޓައި އިންސާނީ ޙައްޤުތަކާ ގުޅޭ އެކިއެކި މަޢުލޫމާތުދިނުން ހިމެނެއެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބާރުވެރިކުރުމެވެ. މިގޮތުން އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކައުންސިލްތަކާއި ގުޅިގެން އަތޮޅުތެރޭގައި ދޭ އިޖްތިމާޢީ އަދި އިގްތިސާދީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމަޢެއް ބިނާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.