ރިޔާސީ ނިޒާމެއްގައި ގޮނޑުހާވާ ޒުވާނުން ގިނަވާނެ: ބޮންޑޭ

ރިޔާސީ ނިޒާމެއްގައި ގޮނޑުހާވާ ޒުވާނުން ގިނަވާނެ: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2021 09:27
0

މިހާރު އަމަލުކުރަމުންދާ ރިޔާސީ ނިޒާމަކީ ގޮދު ހޮވާނެ ޒުވާނުން ގިނަވާނެ ނިޒާމެއްކަމަށާއި، ހައލަކީ ބަރުލަމާނީ ނިޒާމުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެވެ.

ބޮންޑޭއަކީ ރާއްޖޭގައި ބަރުލަމަނީ ނިޒާމު އޮތުމަށް ތާއީދުކޮށް އެންމެ ބޮޑަށް ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ އެއް ބޭފުޅާއެވެ. ޓުވިޓާގައި ޒުވާނަކު ވަނީ ފަރުވާދޭނެ ގޮތެއް ނެތި، މުޖުތަމުއުގެ ކުރިމަތީގައި އަދާކުރާނެ ވަޒީފާއެއް ނެތް ޒުވާނުންނަކީ ބޮޑު ޖޯކަކަށް ވެގެންދާ މަންޒަރު ފެންނަމުންދާއިރު، އެމީހުނަށް އެކަށީގެންވާ ފަރުވާ ނުދެވޭހާ ހިދަކު އެމީހުންގެ އަމަލުތައް ހުންނާނީ ހޯދުނު ގޮތަކަށް ހޯދައިގެން މިގޮތުގައި މުޅި އުމުރު ހޭދަ ކުރަންކަމަށް ބުނެފައވެެ.

އެޒުވާނާގެ ވާހަތަކަށް އިޝާރާތް ކުރައްވައ ބޮންޑޭ ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ތެރެއިން ޒުވާނުންނަށްވެސް އަދި ޤައުމަށްވެސް ރަނގަޅު ގޮތެއް ނެތްކަމަށެވެ. މިހާރު އޮތް ނިޒާމަކީ ރައްޔިތުންނަށް އެއްވެސް ފައިފާއެއް ވާނެ ނިޒާމެއް ނޫންކަމަށާއި، އަދި ޤައުމުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމުގައިވާ މަސްތުވާތެކެތީގެ މައްސަލައަށްވެސް ހައްލު ގެނެވޭނެ ނިޒާމެއް ނޫންކަމަށެވެ.

ރިޔާސީ މަސްހުނި ނިޒާމެއްގައި ޑްރަގް ބޯޓުތައް ދޫވާނެ. ރިޔާސީ މަސްހުނި ނިޒާމެއްގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭނެ. ރިޔާސީ މަސްހުނި ނިޒާމެއްގައިފަރުވާދޭ މަރުކަޒުތަކުގެ ދޮރުތައް ބަންދުވާނެ . ރިޔާސީ ނިޒާމެއްގައި ގޮނޑުހާވާ ޒުވާނުން ގިނަވާނެ. ހައްލަކީ ބަރުލަމާނީ ފެޑަރަލް.

– ބޮންޑޭ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަންގައި 50،000އަށްވުރެ ގިނަ މީހުން ސޮއިކޮށްފިކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޕެޓިޝަން ތައްޔާރު ކުރަމުން ދިޔަ ނަމަވެސް މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން އަމަލު ކުރަމުންދަނީ، ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެކޯލިޝަންގައި އެއްވެސް ހިސާބެއްގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ބުނެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގެ ވާހައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫންކަމަށެވެ. އަދި ނިޒާމު ބަދަލުކުރާނެ އެކަން ކުރެވޭނީ ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސްގެންކަމަށް ރައީސް ޞާލިހު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ ބަރުލަމާނީ ޕެޓިޝަނަކީ ވަކި ބަޔަކަށް ފެނިގެން ކުރިއަށްދާ ކަމެއްކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަ ނަމަ އެކަން ކުރެވޭނެ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިލެގެފާނު
އިއްރަތެރި މަނިކުއަކީ ތިބުނާރިއާސީނިޒާމުގަވިހާފައޮށް ޒުވާކަމަށްހެދިގެންއުޅޭ މސްކުޅޮ ބޮޑު ކޮއްމަސްބުރި އެއް ކަލޭ ރަންގަޅުވާނީ ބޮޑު ރޮށިފިހެގެން މަޖިލީސްކުރިމަތީ ބަހއްޓައި ވިއްކަ.‘ހުރުން
H Haaufaa
Godu hovaa meehunnakee komme nizaamakavves fethey baeh. e ee nizaamuge massala eh noon. e ee gaanoonu thanfeezu kurun perelaizu vumun dhimaavaa kameh. thiyayadhailmeh neh meehun kufoohamanuvaa magaanu thakah ayyan kurumakee dhaulatheh balikashi vamundhaa kamuge alaamaatheh.
މ މުންޖިޗޭ
ބަރުލަމާނީ ނިޒާމެއްގައި އެކަހަލަ ޒުވާނުން ވަކިން ގިނަވާނެ، ތަޢުލީމީ މީހުން ބާކީވާނެ، މަޖިލީހުގެ ގޮނޑިތައް ބައްކޮއްގެން ތިބޭ މީހުން ވަޒީރު ކަން ވެސް ކުރާނީ. ހުރިހާ މޮޅެއް އޮންނާނީ އެމީހުނަށް. ރަޔިތުން އިތުރަށް ބިކަވާނީ.