ޕަންޖިޝިރު އަވަށުގެ ހުރިހާ އަވަށެއް ހިފައިފިން: ތާލިބާން

ޕަންޖިޝިރު އަވަށުގެ ހުރިހާ އަވަށެއް ހިފައިފިން: ތާލިބާން

Author
ހުސެއިން
06 ސެޕްޓެމްބަރ 2021 06:33
0

އަފްއާނިސްތާނުގެ ޕަންޖިޝިރު އަވަށުގައި، މިހާރުވެސް ތާލިބާން ޖަމާއަތާއި އަދި ތާލިބާން ޖަމާއަތާ ދެކޮޅަށް ހަގުރާމަކުރާ ހަގުރާމަވެރިންނާ ދެމެދު ހަމަލާ ބަދަލުކުރެވެމުންދާ ކަމަށާއި އެހެންނަމަވެސް، މިހާރު އެ ޕްރޮވިންސްގެ ހުރިހާ އަވަށެއް ހިފާފައިވާ ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ. އަދި، މިހާރު ހަގުރާމަ ހިގަމުންދަނީ ހަމައެކަނި އެ ޕްރޮވިންސްގެ މެދުތެރޭ ސަރަހައްދުގައި އެކަނިމަށް ތާލިބާން ޖަމާއަތުން ވަނީ ބުނެފައެވެ.

ތާލިބާނުން ޖަމާއަތުން ޕަންޖިޝިރު ޕްރޮވިންސްގެ ހުރިހާ އަވަށްތަކެއް ހިފާފައިވާކަމަށް ބުނި ނަމަވެސް، ތާލިބާން ސަރުކާރާ ދެކޮޅަށް ހަގުރާމަ ކުރަމުންދާ ރެސިސްޓެންޓް ފޯރސްއިން ވަނީ މިކަން ދޮގު ކޮށްފައެވެ. އަދި ބުނެފައިވަނީ ތާލިބާންގެ ބާރުގެ ދަށަށްދިޔަ ޕްރިޔަން އަވަށް އަލުން ތާލިބާން ޖައާތުގެ ބާރުގެދަށުން ހިފާފައިވާ ކަމަށެވެ.

މިގޮތުން ޕަންޖިޝިރު ޕްރޮވިސްންގެ ކޮންޓްރޯލް ނެގުމަށް ކުރެވެމުންދާ ހަގުރާމައިގަ، ދެފަރާތުންވެސް ބުނަމުންދަނީ، ހަގުރާމާގައި ދެފަރާތައްވެސް ކުރި ލިބެމުންދާ ކަމުގައެވެ.

ތާލިބާން ޖަމާއަތުގެ ސަގާފަތާ ބެހޭ ކޮމިޓީގެ ނައިބު ރައީސް އަހުމަދުﷲ ވާސިގް އާދިއްތަ ދުވަހު ވިދާޅުވެފައިވަނީ، ޕަންޖިޝިރު ޕްރޮވިންސްގެ ހުރިހާ އަވަށެއް މިހާރު ހިފާފައިވާ ކަމަށެވެ.

ތާލިބާން ޖަމާއަތުންވަނީ ބުނެފައިވަނީ، ރެސިސްޓަންޓް ފޯރސްގެ ހަގުރާމަވެރިން ބޭނުން ކުރަމުން އައި ގިނަ އަދަދެއްގެ ބަރުހަތިޔާރުވެސް އެޖަމާއަތުން އަތުލައިގެންފައި ވާކަމުގައެވެ.

އެހެންނަމަވެސް، ތާލިބާން ޖަމާއަތާ ދެކޮޅަށް ހަގުރާމަ ކުރަމުންދާ ރެސިންޓެންޓް ފޯރސްގެ ތަރުޖަމާން ފަހީމް ދާޝްތި ވިދާޅުވެފައިވަނީ ތާލިބާނުންގެ މިވާހަކަތަކަށް ވަރަށް ބޮޑު ދެކޮޅު ހައްދަވާފައެވެ. އަދި ވިދާޅުވެފައިވަނީ، ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ހަމައެކަނި އަވަށް ކަމުގައިވާ ޕްރިޔަން މިހާރު ތާލިބާން ހަގުރާމަވެރިންގެ ބާރުގެދަށުން އަތުލާފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.