ތާލިބާންގެ ބާރުގެދަށަށް އަފްއާނިސްތާން ދިއުމަށްފަހު މޫނު ބުރުގާގެ ވިޔާފާރިއަށް ބޮޑު ކުރިއެރުމެއް

ތާލިބާންގެ ބާރުގެދަށަށް އަފްއާނިސްތާން ދިއުމަށްފަހު މޫނު ބުރުގާގެ ވިޔާފާރިއަށް ބޮޑު ކުރިއެރުމެއް

Author
ހުސެއިން
04 ސެޕްޓެމްބަރ 2021 07:29
0

ފާއިތުވެދިޔަ މަހު، ތާލިބާން ޖަމާއަތުގެ ބާރުގެދަށަށް އަފްއާނިސްތާން ދިއުމަށްފަހު، އެގައުމުގައި މޫނު ބުރުގާގެ ވިރަފާރިއަށް ބޮޑު ކުރިއެރުމެއް އައިސްފައި ވާކަމަށް، ބުރުގާގެ ވިޔަފާރި އެގައުމުގައި ކުރާ ފަރާތްތަކުން ބުނެފިއެވެ.

"ކުރީގެ ސަރުކާރުގައި، އަހަރެން އައީ ބުރުގާ، ނުވަތަ އަހަރެން ގާޔާވާ ކަހަލަ ހެދުމެއް ލަމުން،" ބުރުގާގެ ވިޔާފާރި ކުރާ ފިހާރައަކަށް ގޮސްހުރި ކަސްޓަމަރަކު ބުނެފައި ވެއެވެ. "އެހެންނަމަވެސް މިހާރު އަހަރެން ބޭނުންވަނީ މޫނު ބުރުގާއެއް ގަންނަން، އެއީ ތާލިބާނުން އައުމަށްފަހު އެމީހުންވަނީ އަންހެނުން މޫނު ބުރުގާ އަޅަންޖެހޭނެ ކަމަށް ބުނެފަ،" އޭނާ ބުނެފައި ވެއެވެ.

އަފްއާނިސްތާނުގައި އާންމުކޮށް ބޭނުންކުރާ މޫނު ބުރުގާ ހުންނަނީ، މުޅި ހަށިގަޑު ފޮރުވުމުގެ އިތުރުން، މޫނުމަތިން ވިޔެފައި ހުންނަ ދާގަޑަކުން މޫނު ފޮރުވާފައި ހުންނަގޮތަށް ތައްޔާރު ކޮށްފައެވެ.

އަފްއާނިސްތާނުގައި މޫނު ބުރުގާގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ބުނާ ގޮތުގައި ތާލިބާނުން ވެރިކަމަށް އައުފަހުން، މޫނު ބުރުގާގެ ވިޔަފާރިއަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ، ވެރިރަށް ކާބުލްގައެވެ. އެހެންނަމަވެސް އެނޫން ސަރަހައްދުތަކުގައި ވިޔަފާރިއެއް ބޮޑު ކުރިއެރުމެއް މޫނު ބުރުގާގެ ވިޔަފާރިއަށް އައިސްފައިވާ ކަމަށްވެސް، ވިޔަފާރި ކުރާ ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އެމެރިކާއިން އަފްއާނިސްތާނުގައި 20 އަހަރުވަންދެން އައި ހަގުރާމަ ހުއްޓުމަކަށް ގެނެސް، ފާއިތުވެދިޔަ މަހު ތާލިބާނުންވަނީ މުޅި އަފްއާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އެއަށްފަހު، ތާލިބާނުންވަނީ، އެމީހުން ދެން އަފްއާނިސްތާނުގައި ކުރާނީ، މެދިމުނުގެ ސިޔާސަތުތަކަށް ބިނާވާ ވެރިކަމެއްކަން ދުނިޔެއަށް ދެއްކުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި އަންހެނުންގެ ހައްގުތައް ދަމަހައްޓާނެ ކަމަށްބުނެ، ތާލިބާން ޖަމާއަތުންވަނީ، އެމީހުންގެ ކުރީގެ ދުޝްމަނުންގެ ކިބައިން ބަދަލު ނުހިފާނެކަމަށްވެސް ބުނެފައެވެ.

އަފްއާނިސްތާނުގައި އޮތް، ހުޅަގުން ތާއީދު ކުރަމުން އައި ވެރިކަން ވެއްޓުމަށްފަހު، ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ވަޅުޖެހިފައިވާއިރު، މިހަފްތާގެ ބުދަ ދުވަހު ތާލިބާން ޖަމާއަތުން ބުނެފައިވަނީ ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެގައުމުގައި އަލަށް އެކުލަވާލާ ސަރުކާރު އިއުލާން ކުރާނެ ކަމުގައެވެ.

ތާލިބާން ޖަމާއަތުގެ ދަށަށް އަފްއާނިސްތާން އައުމަށްފަހު، އެޖަމާއަތުން އެގައުމުން އަންހެނުންނާ އަދި އަންހެން ކުދިންގެ ހައްގުތައް ހިފަހައްޓާފައިވާ ކަމުގެ އެތަކެއް ރިޕޯޓުތަކެއް ލިބެމުންދާ ކަމަށް ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ ވިދާޅުވެފައެވެ.

ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، އަފްއާނިސްތާނުގެ ހެރާތު ޕްރޮވިންސްގައި އަންހެނުންވަނީ، އަންހެނުންގެ ހަގުތައް ރާއްކާތެރި ކޮށްދިނުމަށް ގޮވާލާ މުޒާހިރާ ކޮށްފައެވެ. އެމީހުން އަޑު އުފުލާފައިވަނީ، އަންހެނުން މަސައްކަތު ދިއުމުގެ ފުރުސަތު ދިނުމަށާއި، އަދި އަންހެން ކުދިންނަށް ތައުލީމު ލިބިގަތުމަށް ހުރަސް ނޭޅުމަށެވެ.

ހަމައެއާއެކު، ވެރިރަށް ކާބުލްގައި ހުންނަ ރިޔާސީ ގަޑުވަރުގެ ކުރިމަތީގައި، އަފްއާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ، އަދި މަދަނީ ހައްގުތަކަށް ގޮވާލާ ފަރާތްތަކުންވެސް ވަނީ މުޒާހިރާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެމިރިކާނު
އެމެރިކާނުން, އަފްގާން ތަޅާސުންނާފަތިކޮށް އެތާގެ ރައްޔިތުންގެ ދީންވެރިކަން ހަލާކުކޮށް, ބޮޑެތި ފާފަތަށް ޢާންމުކޮށް, ރައްޔިތުންގެ ދެދުނިޔެ ހަފުސްކޮށްލި. ދެންވެސް, ބުރުގާއާއި މަޖުބޫރު 5 ނަމާދން މިނިވަންވުމުގެ ނަމުގައި ހުޅަނގު ގެނެސް ވައްދައިގެން, ރަލާއި ޒިނ ހުއްދަކުރަން ބޭނުންވާބަޔަކު އުޅޭނެ.