ބުލީ ކުރުމަކީ ނަތީޖާ ހިތިވެދާނެ ކަމެއް: ޒައިދު

ބުލީ ކުރުމަކީ ނަތީޖާ ހިތިވެދާނެ ކަމެއް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
03 ސެޕްޓެމްބަރ 2021 06:55
0

އެއްވެސް މީހަކު އަނެކާއަށް ބުލީކޮށް ހެދުމަކީ އެކަމުން ނުރަނގަޅު ނަތީޖާތަކެއް ނިކުމެދާނެ ކަމެއްކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ އޮފީހުގައި އިއްޔެ މާރީ މާރީ ހިންގައި، އެޕާޓީގެ އެޑްމިން މަސައްކަތް ބަލަހައްޓަވާ މަންދީގެ ބޯ ފަޅާލާފައިވާތީ، އެކަން ކުރި މީހާގެ ވާހަކަތަށް ރިޢާޔަތްކޮށް ކަމަށް ބެލެވެއެވެ. މަންދީއަށް ހަމަލާދިން އެމްޑީޕީ އޮފީހުގެ ޕިޔޯނު ބުނެފައިވަނީ އެމްޑީޕީ އޮފީހުގައި މަސައްކަތްކުރާ މަރިޔަމް ޒުބައިރު އާއި އިތުރު ބައެއް ފަރާތްތައް އޭނައަށް ފުރައްސާރަ ކުރާތާ މިހާރު ގާތްގަނޑަކަށް 6 މަސް ވެފައިވާ ކަމަށެވެ.

އޭނާ ކުށެއް ނުކުރާ މީހަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުދޭ ކަމަށާއި އެހަމަލާ ދީފައިވަނީ އޭނާގެ ދަރިންނާއި ދިމާލަށް އެއްޗެހި ކިޔާތީ ކަމަށެވެ.

ޝައިޚު ޒައިދު ވިދާޅުވީ ބުލީ ކުރުމުން ނިކުންނާނެ ނަތީޖާއަކީ އެކަމުން އަނެކާއަށް ބޮޑު ގެއްލުމެއް ނުވަ އަނިޔާވެރި އަމަލެއް ހިންގުމަށް ލިބޭ ފުރުސަތެއް ކަމުގައެވެ. އެހެންކަމަށްވުމުން ބުލީ ކުރުމާއި ދުރުވާންޖެހޭކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީ އޮފީހުގައި އެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާ މިއަދު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ 39 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރު ކުރިއިރު، އެ ހާދިސާއަށް ފަހު މަންދީ ބުނެފައިވަނީ ޖަޒީލަކީ ގޯސް މީހެއް ނޫން ކަމަށާއި އޭނާއަށް ބޭނުން ވަނީ ފަރުވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، ބަންދު ނުކުރަން އޭނާ އެދޭ ކަމަށް މަންދީ ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަސްމި
ސޭޚު ޒައިދު ތިޔައީ ސިޔާސީ ބުލީއެއް. ޒައިދުގެ ޓްވީޓްތަކުގައި މުޅިން ވަނީ ބުލީގެ ކުލަ ޖެހިފައި މައުނަޢީ ދިމާކުރުމާ މީހުން ރުޅިއެރުވުން. ވަކި ބަޔަކާ ޒާތީ ގޮތުން ދިމާކުރިން، މަންދިއަކީވެސް ބުލީއެކޯ ޗޭނު މީހާ އެބަބުނޭ.