މަޑުއްވަރީ ދެކުނު ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

މަޑުއްވަރީ ދެކުނު ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

ރ.މަޑުއްވަރީ ދެކުނު ފަރާތުގައި ހަދާ ބަދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 60 ޕަސެންޓް ވަނީ ނިމިފައި ވާކަމަށެވެ.

މި މަސްރޫއުގެ ދަށުން 7280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާ 65520 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން 411 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 135 މީޓަރު ރިވެޓްމަންޓް ޖަހާ، 566 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނެރުބައްތިއާއި މަގުބައްތި ހަރުކުރުމަށްވެސް މި މަސްރޫއުގެ ދަށުން އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

މަޑުއްވަރީގައި އައު ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރު ވަރަށް ބޮޑު ހަލާކުވެ، ޒަމާނީ ބަނދަރެއްގެ ބޭނުން އެރަށަށް ޖެހިފައިވާތީއެވެ. އައު ބަނދަރުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 29 ނޮވެމްބަރު 2019 ގައެވެ. މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 590 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫޢަކީ 72.66 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *