އެމެރިކާގެ ކެލިފޯނިއާގެ ސެން ފްރާންސިސްކޯގައި ހުންނަ މިލިނިއަމް ޓަވަރ

ސެން ފްރެންސިސްކޯގައި ހުރި އެންމެ އުސް އެއްއިމާރާތް ދަނީ ހީކުރި ވަރަށްވުރެ ބާރަށް އަޑިއަށް ދަމުން

ސެން ފްރެންސިސްކޯގައި ހުރި އެންމެ އުސް އެއްއިމާރާތް ދަނީ ހީކުރި ވަރަށްވުރެ ބާރަށް އަޑިއަށް ދަމުން

އެމެރިކާގެ ސެން ފްރެންސިސްކޯގައި ހުރި އެންމެ އުސް އެއް އިމާރާތްކަމުގައިވާ މިލީނިއަމް ޓަވަރަށް އިތުރު ބަދަލުތަކެއް ގެނައުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި، ކުރިން ހީކުރި ވަރަށްވުރެ ބާރަށް މިހާރު މިއިމާރާތް އަޑިއަށް ދަމުންދާ ކަމުގައި ލޮސް އެންޖްލްސް ޓައިމްސްއިން ރިޕޯޓު ކޮށްފިއެވެ.

"ލީނިން ޓަވަރ"ގެ ނަމުން މަޝްހޫރުވެފައިވާ، މަތީ ފަންތީގެ، މީހުން ދިރިއުޅޭ މި ޓަވަރު ދަނީ، "2006 ވަނަ އަހަރު މި ޓަވަރުގެ މަސައްކަތް ފެށުނު ފަހުން އަރިއަޅަމުން އަދި އަޑިއަށްވެސް ދަމުން،" ކަމުގައިވެސް ރިޕޯޓު ކޮށްފައި ވެއެވެ.

މި އިމާރާތް އަރި އަޅަމުންދާކަމާއި އަދި އަޑިއަށްދާކަން ޓަވަރުގައި މަސައްކަތް ކުރާމީހުންނަށް ފާހަގަ ކުރެވި، އޮގަސްޓު 19 ވަނަ ދުވަހު އިމާރާތް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލިއިރު، މި އިމާރާތަށް ބަދަލުތަކެއް ގެނައުމަށްޓަކާ ކުރިޔަށް ގެންދާ 100 މިލިއަން ޑޮލަރު ޕްރޮޖެކްޓް ވަނީ ފެށިފައެވެ.

މި އިމާރާތުގައި ދިރިއުޅޭ މީހުންގެ ޖަމިއްޔާގެ ފަރާތުން އެ ޖަމިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި "އެ ޖަމިއްޔާއިން މިހާރުދަނީ، އިމާރާތް އަޑިއަށް ދާމިންވަރު އިތުރުވެގެން ގޮސްފައިވާ ސަބަބާއި އަދި އެމައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ކަންކަންވެސް ބަލަމުން" ކަމުގައެވެ. "އިމާރާތުގެ އޮނިގަޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް، އަދި އިމާރާތުގައި ދިރިއުޅުމަކީ ރައްކާތެރި ކަމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ލޮސް އެންޖްލްސް ޓައިމްސްއިން، ސްޓްރަކްޗުރަލް އިންޖިނިއަރުންނާ ހަވާލާދީ ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިލީނިއަމް ޓަވަރުގެ ހަގީގީ މައްސަލައަކީ، "އިމާރާތުގެ ބިންގާ، ބިމުގެ އަޑީގައި އޮންނަ ހިލައިގެ ފަށަލައާއި ހަމައަށް ފޯރުމުގެ ބަދަލުގައި، ބިންގާ ފޯރާފައިހުރީ، ޗަކަ ފަށަލައިގެ މަތިން އޮންނަ ވެލީގެ ފަށަލައާއި ހަމައަށް ކަމަށްވާތީ،" އެވެ.

މި ގޮތަށް އިމާރާތް ކުރުމަކީ، ސެން ފްރަންސިސްކޯގައި ވަރަށް އާންމު ކަމެކެވެ. އެހެންނަމަވެސް، މި ގޮތަށް އިމާރާތް ކޮށްފައިހުރި އެހެން ޓަވަރުތައް ހުރީ، މިލީނިއަމް ޓަވަރަށްވުރެ ކުރުކޮށް ކަމަށްވެސް ލޮސް އެންޖްލްސް ޓައިމްސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *