ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާކު ރުރަމުންދާ އެއް ވެބް ސީރީޒް ކަމުގައިވާ "މޭޑް އިން ހެވަން 2″ގެ ޝޫޓީން މިހާރު ވަނީ ފަށާފައެވެ. މި ސީރީޒް ގެނެސްދެނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.
އެކްސެލް އެންޓަޓައިންމެންޓުން ޕްރޮޑިއުސް ކުރާ މި ސީރީޒްގައި ދައްކައިދެނީ ދެ ވެޑިންގ ޕްލޭނަރުންގެ ވާހަކައެވެ. ތާރާ އަދި ކަރަން ގެ ވެޑިން އެޖެންސީ "މޭޑް އިން ހެވަން"ގެ ވާހަކަ ކިއައިދޭ މީގެ ފުރަތަމަ ސީޒަން 2019 ވަނަ އަހަރުވަނީ ގެނެސްދީފައެވެ. ރިޕޯޓްތަށް ބުނާގޮތުގައި މި ސީޒަނުން ޖެކޮލިން ފެރްނާންޑޭޒް, މުރުނާލް ޓާކުރް، ރާދިކާ އަޕްތޭ އަދި ނީލަމް ފެނިގެން ދާނެއެވެ.
މަޝްހޫރު ގިނަ މޫނުތަކެއްގެ ސްޕެޝަލް އެޕެއަރެންސް މިޝޯގައި ގެނެސްދޭއިރު މި ޝޯވް ގެ ކްރިއޭޓަރުންނަކީ ޒޯޔާ އަޙްތަރާއި ރީމާ ކަގްޓީއެވެ.
"މޭޑް އިން ހެވަން1″ އިން ވަނީ ދީޕްތީ ނަވާލް، ނީނާ ގުޕްތާ އަދި ޝްވެތާ ތްރިޕާޓީ ފަދަ ތަރިން ވަނީ ފެނިގެން ގޮސްފައެވެ. މި ޝޯވްގެ ސީޒަން 2 އާއި ބެހޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެއެވެ.