ޕަރީނިތީ ހަށިގަނޑަށް ގެެނެސްފައިވާ ބަދަލު ދައްކާލައިފި

ޕަރީނިތީ ހަށިގަނޑަށް ގެެނެސްފައިވާ ބަދަލު ދައްކާލައިފި

Author
ފާތިމަތު ނާވީ
02 ސެޕްޓެމްބަރ 2021 11:48
0

ކުރިން ފަލަކޮށް ހުރި ފިލްމީ ތަރި ޕަރީނިތީ ޗޯޕްރާ އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު ފެންނަ ވީޑިއޯއެއް އިސްޓަގްރާމްގައި ހިއްސާކޮށްފިއެވެ.

ބޮލީވުޑަށް ނުކުތުމުގެ ކުރިން ޕަރީނިތީ ހުރީ ވަރަށް ބޮޑަށް ފަލަކޮށެވެ. ނަމަވެސް ބޮލީވުޑަށް ނުކުތުމަށްޓަކައި އޭނާ ވަނީ ހަށިގަނޑަށް ބަދަލު ގެނެސްފައެވެ. މިއަދާއި ހަމައަށް ވެސް އޭނާ ދަނީ ފިޓްކޮށް ލޫޅާފަތިކޮށް ހުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިންސްޓަގްރާމުގައި އޭނާ ވަނީ ލޫޅާފަތި ހަށިގަނޑު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ. ކަޅާއި ނޫ ކުލައިގެ ޔޯގާ އައުޓްފިޓް އެއްގައި އޭނާ ހުރިއިރު އިވެމުން ދިއައީ ޕަރިނީތީ "މޭރީ ޕިޔާރީ ބިންދޫ"އަށް ކިޔާފައިވާ ލަވައެވެ.

 

View this post on Instagram

 

A post shared by Parineeti Chopra (@parineetichopra)

ފިލްމީ މަސައްކަތަށް ބަލާއިރު ޕަރީނިތީގެ ކުރިއަށް އޮތް ފިލްމަކީ "އެނިމަލް" އެވެ. މި ފިލްމްގައި އޭނާ ފެނިގެންދާނީ އަނިލް ކަޕޫރާއި ރަންބީރު ކަޕޫރާއި އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.