ހުޅުމާލޭ ފްލެޓްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭ ފްލެޓްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭގެ 147 ނަންބަރު ފްލެޓްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާންގަނޑުގެ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. މިހާދިސާގައި އެ ފްލެޓްގެ ތިންވަނަ ފަންގި ފިލާއަށްވެސް ގެއްލުން ވެފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މިހާދިސާ ހިގިތާ ގިނަ އިރުތަކެއް ނުވަނީސް ސިފައިންނާއި، އާންމުގެ އެހީތެރިކަމާއިއެކު ވަނީ އަލިފާން ކޮށްޓްރޯލްކޮށްފައެވެ. އަލިފާން ރޯވިއިރުމ ފުދޭވަރަކަށް ބޯޑަށް ރޯވެފައި ހުރި ނަމަވެސް ގިނަ ބައެއްގެ އެހީތެރިކަމާއިއެކު ވަނީ އިތުރަށް އަލިފާން ގަނޑު ފެތުރިޔަ ނުދީ ކޮންޓްރޯލް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *