ހުޅުމާލޭ ފްލެޓެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭ ފްލެޓެއްގައި އަލިފާން ރޯވެއްޖެ

Author
މުޙައްމަދު ޝަޒައިމް
30 އޮގަސްޓް 2021 07:39
0

ހުޅުމާލޭގެ 147 ނަންބަރު ފްލެޓްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލޭ 147 ނަންބަރު ފްލެޓްގެ ދެވަނަ ފަންގި ފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މިހާދިސާގެ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން އަދި ހާމައެއް ނުކުރެއެވެ. އަލިފާން ރޯވެފައިވަނީ ވަރަށް ބޮޑަށް ކަމަށް ޚަބަރު އޮންލައިންއަށް ލިބިފައިވާ ވީޑިއޯއިން ފެނެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާންގަނޑުގެ 90 އިންސައްތަ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. މިހާރުވަނީ އަލިފާން ގަނޑު އެއްކޮށް ނިއްވާލާފައެވެ. މިހާދިސާގައި އެ ފްލެޓްގެ ތިންވަނަ ފަންގި ފިލާއަށްވެސް ގެއްލުން ވެފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.