މިހާތަނަށް 80،000 އަފްއާން ރައްޔިތުން އެގައުމަށް ބޭރަށް ގެންދެވިއްޖެ

މިހާތަނަށް 80،000 އަފްއާން ރައްޔިތުން އެގައުމަށް ބޭރަށް ގެންދެވިއްޖެ

Author
ހުސެއިން
25 އޮގަސްޓް 2021 07:04
0

ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު، އެމެރިކާއާއި އަދި، މީހުން އަފްއާނިސްތާނުން ބޭރަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށް ދެމުންދަ ގައުމުތަކުން މިހާތަނަށް 82,300 މީހުން އެގައުން ބޭރަށް ގެންގޮސްފިއެވެ.

އަދި، މިމަހުގެ 31ވަނަ ދުވަހުގެ ކުރިން، އެމެރިކާއަށް ބަދަލު ކޮށްދޭނެކަމަށް އެގައުމުން ވައުދުވެފައިވާ އެތައް ހާސް ރައްޔިތުންނެއް އަފްއާނިސްތާނުން ބޭރަށް ގެދިއުމަށް އެމެރިކާއިން ކުރިޔަށް ގެންދާ ބިޔަ ބޮޑު އޮޕަރޭޝަން އޮގަސްޓް 31ގެ ފަހަށް ކުރިޔަށް ގެންދަން އިތުރު ފުރުސަތެއް ނުދޭނެކަމަށް ތާލިބާން ޖަމާއަތުން ބުނެފައިވާއިރު، އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ، ހުރިހާވެސް އަމާޒެއް ހުރީ، އެތާރީޚުގެ ކުރިން، ހުރިހާ އެންމެންވެސް އަފްއާނިސްތާނުން ބޭރުކޮށް، އަދި އެމެރިކާ ސިފައިން އެގައުމު ދޫކޮށް ދިއުމަށް ކަމަށެވެ.

އަދި، 20 އަހަރުފަހުން، އެމެރިކާ ސިފައިން އަފްއާނިސްތާން ދޫކޮށް ދިއުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، މިހާރު އެގައުމުގައި ތިބި އެމެރިކާ ސިފައިން ފުރަތަމަ ފައުޖު މިއަދުވަނީ އަފްއާނިސްތާން ދޫކޮށް ފުރާފައެވެ.

އެހެންނަމަވެސް، އިނގިރޭސިވިލާތްފަދަ، އެމެރިކާގެ ގާތް އެތައް ގައުމަކުންދަނީ، މި މުއްދަތު އިތުރުކުރުމަށް ޖޯ ބައިޑްންއަށް އިލްތިމާސް ކުރަމުންނެވެ.

އަދި، މިމަހުގެ 31ގެ ނިޔަކަށް، އަފްއާނިސްތާން ދޫކޮށް ދިއުމަށް ފުރުސަތު ލިބިފައިވާ އެތައް ހާސްބަޔަކު، އެގައުމުން ބޭރަށް ގެންދިއުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.