ބަރުލަމާނީގައި ވަޒީރުންނަކީ މެމްބަރުން، ވޯޓު ވިއްކުމުގެ ފުރުސަތު ކުޑަވާނެ: ނަޝީދު

ބަރުލަމާނީގައި ވަޒީރުންނަކީ މެމްބަރުން، ވޯޓު ވިއްކުމުގެ ފުރުސަތު ކުޑަވާނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2021 02:56
0

ބަރުލަމާނީގައި ވަޒީރުންނަކީ މަޖިލިސް މެމްބަރުން، ކަމަށާއި، އެއާއިއެކު މަޖިލިސް ތެރެއިން ނެގޭ ވޯޓުތައް ވޯޓު ވިއްކުމުގެ ފުރުސަތު ކުޑަވެގެންދާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އެލެކްސް އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ވައްކަން ކުރުމަށް އެންމެ ފުރުސަތު ކުޑަ ނިޒާމުކަމަށެވެ. މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ މެމްބަރުން ވޯޓު ވިއްކުމުގެ ނުރައްކާ ކަމަށާއި، ބަރުލަމާނީ ނިޒާމުގައި މެމްބަރުންނަކީ ވަޒީރުންނަށް ވުމުން ވޯޓު ވިއްކުމުގެ ފުރުސަތު ކުޑަވެގެން ދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި ކަންކަމަށް ފާރަވެރިވެ ބެލޭނެ ނިޒާމު އިތުރުވެފައި ބޮޑުކަމަށެވެ. ކޮންމެ ދުވަހަކު ވަޒީރުންނާއި، ބޮޑު ވަޒީރު މަޖިލީހަށް ޖަވާބު ދާރީވެ ވަޑައިގަންނަން ޖެހޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ބަރުލަމާނީގައި މެމްބަރުން ތިބޭނީ ވަޒީރުންނަށް، މިހާރަށްވުރެއް ވޯޓު ވިއްކުން މާ ނާދިރުވާނެ. އަބަދުވެސް ވަގުން އުޅޭނެ، މިނިމައިޒް، ކުރެވޭނެ ބަރުލަމަނީގައި. އެއީ ކަންކަން ޓްރާސްޕޭރެންޓް ވެފައި ކޮންމެ ދުވަހަކު ވަޒީރު އަދި ބޮޑު ވަޒީރު މަޖިލިސްގައި ޖަވާބުދާރީ ކުރާތީ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް ދަނީ ކުރަމުންނެވެ. މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

m moo saa
votey volto ves vihkeene nuvihkee ne ekehchehves nuhunnaa neAnbidharinves vik keene gui hadhaane nasheedhu konbaro lamaanee gen nan thihaa varon thi ulehnee nubaa Aniysa verin migau mufanaakuh lumoge visnun nasher dhugen golehnee ekakuas barola manee nizaa mah votenu dinu n edhen