ހާލަތު އިތުރަށް ގޯސްވެ އިޓަލީގައި ސަޕޯޓަރުން ދަނޑަށް ވެއްދުން މަނާކޮށްފި

ހާލަތު އިތުރަށް ގޯސްވެ އިޓަލީގައި ސަޕޯޓަރުން ދަނޑަށް ވެއްދުން މަނާކޮށްފި

ގުޅުންހުރި

ކޮރޯނާ ވައިރެސްގެ ހާލަތު ގޯސްވެ އިޓަލީގައި އަނެއްކާވެސް ސަޕޯޓަރުން ދަނޑުވަނުން މަޑު ޖައްސާލައިފިއެވެ.

އިޓަލީގެ ސަރުކާރުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ރެއިން ފެށިގެން ވަނީ ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން މަޑުޖައްސާލާފައެވެ. އިޓަލީ ވަނީ މީގެ ކުރިން ހަރުކަށި އުސޫލްތަކެއްގެ ދަށުން އިޓަލީގައި ވަކިއަދަދަކަށް ދަނޑަށް ވަނުމަށް ހުއްދަދީފައެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރޭގައި ދަނޑަށް ވަކި އަދަދަކަށް މީހުން ވެއްދުން ފާހަގަކުރެވެއެވެ. މިއުސޫލްގެ ދަށުން ވަނީ ކޮންމެ މެޗެކަށް 1000 ސަޕޯޓަރުން ދަނޑުތަކަށް ވައްދާފައެވެ. އަދި ދަނޑަށް ވަންނަ މީހުން ޓްރާންސްޕޭރަންޓް މާސްކު ބޭނުން ކުރުމާއި އެކަކު އަނެކަކާ ދެމެދު ގައިދުރުކަން ބެހެންޓުން ވެސް ކުރިން އަމަލުކުރަމުން އައި އުސޫލްތަކުގެ ތެރޭގައި ހިމެނެއެވެ.

މިދިޔަ ޕްރީސީޒަންގައި އިޓަލީގެ ބައެއް ކުލަބުތަކުން ވަނީ ޕްރީ ސީޒަންގެ ތަމްރީން ބެލުމަށް ވަކި އުސޫލެއްގެ ދަށުން ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ. މިހާރު ހާލަތު އިތުރަށް ގޯސްވެ ސެރިއާގެ ބައެއް ކުލަބުތަކުން ކުޅުންތެރިން ވެސް ދަނީ ޕޮޒިޓިވްވަމުންނެވެ. އަދި އިޓަލީގެ ބައެއް ޑިވިޝަންގެ މެޗުތައް ވެސް ދަނީ ކެންސަލް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *