ދަޢުލަތް "އޮރިޔާން ކުރާނެކަމަކަށް" ނުބުނަން: މަހުލޫފް

ދަޢުލަތް "އޮރިޔާން ކުރާނެކަމަކަށް" ނުބުނަން: މަހުލޫފް

ގުޅުންހުރި

ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފްގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި، އެއްވެސް ހެއްކެއްނެތި ކޯޓަށް ހުށައަޅައިފިނަމަ، ދައުލަތް އޮރިޔާން ކުރާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަތަކަކީ އޮޅުމެއްކަމަށާއި، ދައުލަތް އޮރިޔާން ކުރާނެ ކަމަކަށް ބުނެފައި ނުވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ބައެއް ހަބަރު ތަކުގަ އިބާރާތް ކުރެވިފަ ހުރިގޮތުން، ބައެއް ބޭފުޅުން "ދައުލަތް" މާނަ ކުރިގޮތާމެދު ސުވާލު ކުރާތީ އެކަން ސާފުކޮށްދެއްވައި ރޭ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރޮގުރާމުގައި ދައުލަތް މާނަކޮށްފައިވަނީ ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރަން ވަޑައިގަންނަވާ ދައުލަތުގެ ވަކީލުންނަށް ކަމަށެވެ. އަދި ދަންނަވާފައިވާނީ  މިމައްސަލާގައި އެއްވެސް ހެއްކެތްނެތި ދައުވާ އުފުލައިފިނަމަ، ތަހުގީގަށް ނުފޫޒު ފޯރުވ ފަރާތްތަކުގެ ވާހަތައް ކޯޓުތަކުގައި އޮރިޔާން ވާނެކަމަށެވެ. އެއްވެސް ހާލެއްގައި ދައުލަތް "އޮރިޔާން ކުރާނެކަމަށް" ބުނެފައި ނުވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

ދައުލަތްކަމަށް އަޅުގަނޑު ބުނެފައި އެވަނީ ކޯޓުގަ ވަކާލާތުކުރަނީ "ދައުލަތުގެ ވަކީލުން" ކަމަށްވީމަ އެވާހަކަ. އަދި އެއްވެސް ހެއްކެއްނެތި ދައުވާ ކޮށްފިނަމަ މިދައްކާ ވާހަކަތަކުގެ ހަގީގަތް ކޯޓުން ފަޅާއަރާ ތަހުގީގަށް ނުފޫޒުފޯރުވި ފަރާތްތަކުގެ އަމަލު "އޮރިޔާން" ވާނެ ވާހަކަ. "އޮރިޔާން ކުރާނެކަމަށް" ނުބުނަން. ޗެޓްލޮގާއި ދެންހުރި ލިޔެކިއުން ތަކަކީވެސް "އަޅުގަނޑުގެ މައްސަލަ" ވަކިގޮތަކަށް ގެންދަން ދައްކާފަހުރި ވާހަކަ. އަދި ކޮށްފަހުރި ކަންކަން.

– މަހުލޫފް ވިދާޅުވިއެވެ.

ކްލަބް ހައުސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޚްލޫފް ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ދިފާޢުގައި ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އެސްއީޒެޑް ޤާނޫނު ފާސްކުރުމަށް ވޯޓު ދެއްވުމަށް ވަޑައިގަތީ މެލޭޝިއާގައި ހުންނެވުމަށްފަހުއެވެ. މަހުލޫފް ވިދާޅުވީ، ރާއްޖެ ވަޑައިގަތުމުގެ ކުރިން އޭރުގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުހައްމަދަށް ގުޅުއްވައި ވޯޓު ނެގުމަށް އޮތް ބިލެއް އޮތްތޯ ސާފުކުރެއްވިކަމަށެވެ. މަހުލޫފް ވިދާޅުވީ މެލޭޝިއާއިން ރާއްޖެ ވަޑައިގަތީ ބިޒްނަޒް ކްލާހުގައިކަމަށާއި، ޕާޓީން ލިބުނުހާވެސް އެއްޗަކީ ބިޒްނަސް ކްލާސް ޓިކެޓްކަމަށެވެ. އަދި ރާއްޖެ ވަޑައިގަތީ ދަރިފުޅައި އަނބިކަނބަލުންވެސް މެލޭޝިއާގައި ބަހައްޓާފައިކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދުގެ ޗެޓްލޮގްތަކެއް ލިބިވަޑައިގެންފައި ވާކަމަށެވެ. މަހުލޫފް ވިދާޅުވީ ޝަރީއަތަށް އޭނާގެ މައްސަލަ ގޮސްފިނަމަ އެ ވާހަކަތައް ހާމަކުރައްވާނެކަމަށާއި، އެއީ ދައުލަތް “އޮރިޔާން” ވާނެ ފަދަ ވަހަކަތަކެއްކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ނުކުރެވަރުގެ މައްސަލައަކަށް ވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފުގެ ޗެޓްލޮގެއް ކަމަށް ބުނާ ޗެޓްލޮގްގެ އެނެލެސިސް ހެދި ފަރާތްތަކުން ކޯޓަށް ހާޒިރުކުރަން މަސައްކަތްކުރިއިރު އެމީހުން ކޯޓަށް އަޔަސް ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ޤާނޫނީ ބުރަދަނެއް ކަމަށް އެމީހުން ބުނެފައި ވާކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. މީގެ އިތުރުން އެ ޗެޓް ލޮގްތަކުގަ އޭނާ ދެއްކި ކަމަށް ބުނާ އެއްވެސް ވާހަކައެއްވެސް ނެތް ކަމަށް މަހްލޫފު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ