ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭ ތާރީޚް ނޮވެމްބަރު 30އާއި ހަމައަށް އިތުރުކޮށްދީފި

ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭ ތާރީޚް ނޮވެމްބަރު 30އާއި ހަމައަށް އިތުރުކޮށްދީފި

Author
މުޙައްމަދު ޖިމީ
13 އޮގަސްޓް 2021 10:20
0

ރަށްރަށުގެ ތަރައްްޤީގެ ޕްލޭން އެކުލަވާލަންޖެހޭ މުއްދަތުު ނޮވެންބަރު މަހާއި ހަމައަށް އިތުރުކޮށްދީފިއެވެ.

މާލަރުކަޒީ ޤާނޫނުގައި ބުނެފައިވާގޮތުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި، އެ ރަށެއްގެ ރަށް ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހެއެވެ. އަދި ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހެނީ ރަށުގެ ރައްޔިތުންނާއި ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާއާ އެކު އެފަރާތްތަކުގެ ޚިޔާލު ހިމެނޭނެގޮތަށްކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލުމުން، އެ ޕްލޭން ހެދުމަށް ދަތިތަކެއް ކައުންސިލްތަކަށް ކުރިމަތިވެފައިވާކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވާ އިއްްޔެ ކައުންސިލްތަކަށް ފޮނުވި ސިޓީގައި ވަނީ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ލޮކްޑައުންކުރުމާއި، އަތޮޅު ތެރެއިންވެސް މިބަލި ފެނި ގިނަ ރަށްތަކެއް މޮނިޓަރިންގއަށް ލާފައިވުމާ ގުޅިގެން ގިނަ ބަޔަކު އެއްވެ މިފަދަ ބައްދަލުވުންތައް ބޭއްވޭފަދަ މާހައުލެއް ގިނަ ރަށްރަށުގައި ނެތުމުން، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕްލޭން ނިންމުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރިކަން އެއޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ތަރައްްޤީ ޕްލޭން އެކުލަވާލުމަށް ޤާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ގާނޫނުގައި ކައުންސިލުތަކުން ނިންމުމަށް ކަނޑައަޅާފައިވާ ޓައިމްލައިންތަކަށް އިތުރު މުއްދަތު ދިނުމަށް ކަނޑައެޅުމަށް ނިންމާފައިވާކަމަށް އެލްޖީއޭއިން ބުންޏެވެ. އެހެންކަމުން ކައުންސިލްތަކުގެ މަސައްކަތް މިންކޮށް ރޭންކުރުމަށް އެލްޖީއޭއިން އެކުލަވާލާ ޕާރފޯމަންސް އިންޑެކްސްއަށް މައުލޫމާތު އެއްކުރުމުގައި، ޕްލޭން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީޚުކަމުގައި ބަލާނީ ނޮވެމްބަރު 30 ކަމުގައި ކައުންސިލްތަކަށް އަންގާކަމަށްވެސް އަފްޝަންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު 2020 ( 2020/20 ) ގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ޤާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާ މުއްދަތުތަށް ވަނީ މަޑުޖެއްސުމަށް ކަނޑައަޅާފައެވެ. އަދި 43 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވަނީ 2020/20 ގާނޫނު ނިމުމަކަށް އައުމުން ޤާނުނުތަކުން ދީފައިވާ ޑެޑްލައިންތަށް ގުނަންފެށޭނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ( 2010/7 ) ގެ ދަށުން ކަނޑައަޅާފައިވާ ޑެޑްލައިންތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޖުލީހުގެ ލާމަރުކަޒީ ކޮމެޓީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ގާނޫނުގައި ކައުންސިލުތަކުން ނިންމުމަށް ކަނޑައަޅާފައިވާ ޓައިމްލައިންތަކަށް އިތުރު ޓައިމްލައިންތަކެއް ކަނޑައެޅުމަށް ނިންމުނެވެ.

– ލޯކަލް ގަވަރުމަންޓް އޮތޯރިޓީ

ކޯވިޑް-19 އާއި ގުޅިގެން ލާމަރުކަޒީ ޤާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކުން އެކުލަވާލަން ޖެހޭ ތަރައްޤީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން އެކުލަވާނުލެވުނު ނަމަވެސް އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ ދަށުން ޕްލޭން އެކުލަވާލުމަށް ފުރުސަތު ލިބިދޭ ކަމަށް އެލްޖީއޭއިން ކުރިންބުނެފައިވެއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބުނާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްޤީގެ ޕްލޭން އެކުލަވާލައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.