ރައީސް އަކީ އަދާލަތު ބޭފުޅެއްކަމަށް ތުހުމަތުކުރަނީ އެމްޑީޕީން އެމަނިކުފާނު ބޭރުނުކުރެވިގެން: މޫސަ

ރައީސް އަކީ އަދާލަތު ބޭފުޅެއްކަމަށް ތުހުމަތުކުރަނީ އެމްޑީޕީން އެމަނިކުފާނު ބޭރުނުކުރެވިގެން: މޫސަ

Author
މުޙައްމަދު ޖިމީ
11 އޮގަސްޓް 2021 08:32
0

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް، އެމްޑީޕީގެ ބައެއް މެންބަރު ތުހުމަތުކުރައްވަނީ، އެޕާޓީން އެމަނިކުފާނު ބޭރުކޮށްނުލެވުމުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ އަދާލަތު ޕާޓިގެ ބޭފުލެއް ނޫންކަންވެސް ނޭނގޭކަމަށް އެމްޑީޕީގެ އިސްސަފުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީއ ެވާހަކަތަކަށް ރައްދު ދެއްވާފައެވެ. ރައީސް ވަނީ އެމަނިކުފާނަކީ ފެށުނީއްސުރެވެސް އެމްޑީޕީގެ މެންބަރެއްކަމަށް ވިދާޅުވެފައެވެ.

އެކަމަށް އިޝާރާތްކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ ބައެއް މެންބަރުންގެ ނުރުހުން އެމަނިކުފާނަށް އަމާޒުވެފައިވަނީ އެމްޑީޕީގެ މެޖޯރިޓީ ރައީސް ޞާލިޙް ކޮންޓްރޯލްކުރައްވާތީކަމަށެވެ. އަދި ރައީސް ޞާލިޙަކީ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް، އެމްޑީޕީގެ ބައެއް މެންބަރު ތުހުމަތުކުރައްވަނީ، އެޕާޓީން އެމަނިކުފާނު ބޭރުކޮށްނުލެވުމުންކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.

މިއަދު އޮތް ޕްރެސްކޮންފަރެންސްގައި ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ދެމިހުންނެވި ފަރާތަކަށްވާއިރު، ޙަސަން އަފީފު ފަދަ އެމްޑީޕީގެ އިސް ބޭފުޅަކު އެފަދަ ވާހަކަތަކެއް ދެއްކެވުމަކީ ބަލަންޖެހޭކަމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަންއަށް ދަންނަވާފައިވާކަމަށެވެ، ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިންކަން އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަންކުރާއިރު ކޯލިޝަންގެ އިސްފަރާތްތަކާއި އެމަނިކުފާނު ކުރައްވަންޖެހޭ މަޝްވަރާތައް ކުރައްވަމުންގެންދަވާނެކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި އެއްބަޔަކު އަނެއްބަޔަކަށް ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.