"ބީ" ފެކްޝަނުން އަމާޒު ހިފާފައިހުރީ ސަރުކާރު ވައްޓާލުމަށް: ޒައިދު

"ބީ" ފެކްޝަނުން އަމާޒު ހިފާފައިހުރީ ސަރުކާރު ވައްޓާލުމަށް: ޒައިދު

އެމްޑީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި ދެކޮޅަށް މަސައްކަތް ކުރާ "ބީ" ފެކްޝަންގެ ހުރިހާ އަމާޒެއް ހުރީ ރައީސް ޞާލިހުގެ ވެރިކަން ވައްޓާލަން ކަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނޭ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ބުނެ ވާހަކަ ދެއްކެވެމުން އެމަނިކުފާނު އޭނާއަށް ފިޔަވަޅު އަޅަން އަންގާފައިވާކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ސަންގު ޓީވީގައި ދެއްކެވި ވާހަތަކާއި ގުޅިގެން ޒައިދު ވިދާޅުވީ އެމްޑީޕީގެ ބަރުލަމާނީ ފެކްޝަނަކީ އަދާލަތު ޕަޓީއަށް ފާޑުކިޔޭ ވަރަށްވުރެ މާ ހާލަތު ދެރަ ފެކްޝަނެއް ކަމެއްކަމަށެވެ.

އެފެކްޝަނުން އަމާޒު ހިފާފައިވަނީ ސަރުކާރު ވައްޓާލައި، ވަކި މީހަކަށް ވެރިކަން ހޯދައި ދިނުމަށް ކަމަށް ޒައިދު ވިދާޅުވިއެވެ. އެމްޑީޕީގެ "ބީ" ފެކްޝަނަކީ އަބަދުވެސް ވަކި ފަރުދެއްގެ ފަހަތުން އެބުރޭ ފެކްޝަނެއްކަން ފާހަގަކޮށް ޒައިދު ވަނީ އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ ބަރުލަމާނީ ފެކްޝަނަށްވުރެއް އަދާލަތު ޕާޓީ ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެ! އަޅާވެސް ނުކިޔޭނެ! އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި "ބީ" ފެކްޝަން އިން އަމާޒު ހިފާފައިހުރީ ސަރުކާރު ވައްޓަލުމަށް! "ބީ" ފެކްޝަންގެ ހުރިހާ ފޯކަސްއެއް ހުރީ ވަކި ފަރުދަކަށް ވެރިކަން ދިނުމަށް! އެނޫން އެހެން ކަމެއްނެތް.

– އަލީ ޒައިދު ވިދާޅުވިއެވެ.

އަފީފް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރުވެސް “މާ ބޮޑު ކަމެއް ނުވާ” ކަމާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށާއި، ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުންކަމަށެވެ. މިއާއިއެކު އަފީފް ވިދާޅުވީ ރައީސް ޞޯލިހް މިހާރު ޢަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ނޭނގޭކަމަށެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ އަފީފް ވިދާޅުވީ ރައީސުލްޖުމުހުރިއްޔާއަކު ރައްޔިތުން އިންތިހާބު ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންކަމަށާއި އެފަދައިން އަމަލުކުރުމަކީ ރައީސުލްޖުމުހުރިއްޔާއެއްގެ މައްޗަށް ލާޒިމްވާކަމެއްކަމަށެވެ.

އަފީފްގެ ވާހަތަކައި ގުޅިގެން އެމްޑީޕީއާއި، އާންމު ރައްޔިތުންގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަފީފަށް އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *